Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޖަބް ހައްޔަރުކުރުން

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

ޑެމްކޮރަސީއަށް ގޮވާލާ 2011 ވަނަ އަހަރު ފެށި ހަރަކާތްތަކުގައި ރަޖަބް އިސް ދައުރެއް އަދާ ކުރި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖުލައި 2017 | ހޮނިހިރު 05:19
އުމުރުން 52 އަހަރުގެ ރަޖަބްގެ މައްޗަށް ހުކުމް ކުރެވިފައިވަނީ ޣައިރު ހާޒިރުގަ

އުމުރުން 52 އަހަރުގެ ރަޖަބްގެ މައްޗަށް ހުކުމް ކުރެވިފައިވަނީ ޣައިރު ހާޒިރުގަ

މިދިޔަ ހަފްތާގައި ދެ އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވައި ޖަލަށްލާފައިވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓް، ނަބީލް ރަޖަބް " އެއްވެސް ޝަރުތެއްނެތި ވަގުތުން" ދޫކޮށްލުމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބަހްރެއިނަށް ގޮވާލައިފިއެވެ.

ޑެމްކޮރަސީއަށް ގޮވާލާ 2011 ވަނަ އަހަރު ފެށި ހަރަކާތްތަކުގައި އިސް ދައުރެއް އަދާ ކުރި ރަޖަބްއަށް މިދިޔަ ހޯމަ ދުވަހު ހުކުމް ކޮށްފައިވަނީ އެގައުމުގެ އިދާރަތަކާމެދު ނުބައި މައުލޫމާތު ފެތުރިކަމަށް ބުނެއެވެ.

ޖެނީވާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ލިޒް ތްރޮސެލް ވިދާޅުވީ ބަހްރެއިންގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ދައުވާއެއް އައިސްފާނެ ކަމުގެ ބިރެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށެވެ.

އެކަމަނާ ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމަކީ ކުށަކަށް ވެގެން ނުވާނެ ކަމަށެވެ.

" އަޅުގަނޑުމެންނަށް އެނގޭ 2016 ންފެށިގެން ރަޖަބް ހުރީ ބަންދުގައި ކަން. ބަހްރެއިންގެ އިދާރާތަކަށް އަޅުގަނޑުމެން ގޮވާލަން އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލަން" އެކަމަނާ ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަޖަބް ގެ މައްޗަށް ދައުވާ އުފުލުނީ "ހަގީގަތާ ހިލާފު ޚަބަރާއި، ބަޔާނާއި، ވާހަކަތައް ބަހްރެއިންގެ ދާހިލީ ކަންކަމާއި ބެހޭގޮތުން ފެތުރުމާއި" ގުޅިގެން ކަމަށްވާއިރު އޭނާ ފަތުރާ ވާހަކަތަކުގެ ސަބަބުން ގައުމުގެ ޝަރަފާއި އިއްޒަތަށް އުނިކަން ލިބިގެންދާ ކަމަށް އެގައުމުގެ އިދާރާތަކުންވަނީ ބުނެފައެވެ.

ރަޖަބް ގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތެވެ.

މި ހުކުމާ ގުޅިގެން ބަހްރެއިންގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ހުކުމަށް ފާޑުކިޔާފައެވެ.

އޭގެތެރޭގައި "ބަހްރެއިން އިންސްޓިޓިއުޓް ފޯ ރައިޓްސް އެންޑް ޑިމޮކްރަސީ"، އެމްނެސްޓީ އިންޓަނޭޝަނަލް އަދި އެމެރިކާ ހިމެނެއެވެ. އެފަރާތްތަކުން ބުނަމުން ދަނީ ބަހްރެއިންގެ ސަރުކާރުން ހިޔާލުފާޅު ކުރުމަށް ފުރުސަތު ނުދޭ ކަމަށާއި އެނާ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އުމުރުން 52 އަހަރުގެ ރަޖަބް ގެ މައްޗަށް ހުކުމް ކުރެވިފައިވަނީ ޣައިރު ހާޒިރުގައެވެ. ރަޖަބް ވަނީ މިދިޔަ އޭޕްރިލް އިން ފެށިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ.

ފާއިތުވި އަހަރުތަކުގައި "ހުއްދަ ނުހޯދާ" މުޒާހަރާތައް ކުރިކަމަށް ބުނެ ރަޖަބް ވަނީ އެކިފަހަރު މަތިން ހައްޔަރު ކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގައި ސުލްހަވެރިކޮށް މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި އާންމުން ދޫކޮށްލުމަށް ގޮވާލައްވައިފި

އީރާނުގައި ސުލްހަވެރިކޮށް މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި އާންމުން ދޫކޮށްލުމަށް ގޮވާލައްވައިފި

05 ޑިސެމްބަރު 2019
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ދޫކޮށްލުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ދޫކޮށްލުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި

09 އެޕްރީލު 2019
މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސޫދާނުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފި

މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސޫދާނުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފި

30 ޖެނުއަރީ 2019
ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

05 ނޮވެމްބަރު 2018
އދން ސީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނޮވެމްބަރު މަހު އިސްތިއުފާ ދެއްވަނީ

އދން ސީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނޮވެމްބަރު މަހު އިސްތިއުފާ ދެއްވަނީ

17 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު