Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ އާމްދަނީގެ ފައިދާ ދަށްވުން

ފާއިތުވި އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ 60 އިންސައްތަ ދަށަށް!

31 ޖެނުއަރީ 2021 | އާދީއްތަ 11:43

ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.6 ބިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 ޖެނުއަރީ 2021 | އާދީއްތަ 11:43
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ފާއިތުވި އަހަރު ބޭންކް އޮފް މޯލްޑިވްސް އަށް ލިބުނު ފައިދާ 2019 ވަނަ އަހަރާއި އަޅާބަލާއިރު 60 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓް ދައްކާގޮތުން އެކުންފުންޏަށް ހަތަރު ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 728 މިލިއަން ރުފިޔާއެވެ. އަދި މުޅި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.6 ބިލިއަން ރުފިޔާއެވެ. 2019ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ރިޕޯޓް ދައްކާގޮތުން ފާއިތުވި އަހަރު އެކުންފުންޏަށް ނެޓް އިންޓްރެސްޓް އިންކަމްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ނެޓް ފީ އެންޑް ކޮމިޝަން އިންކަމްގެ ގޮތުގައި ލިބިފައި ވަނީ 426 މިލިއަން ރުފިޔާއެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކުހަށް ކެނޑުމަށްފަހު ޖުމްލަ ފައިދާގެ ގޮތުގައި 329 މިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވާއިރު، 2019 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައި ވަނީ 1.04 ބިލިއަން ރުފިޔާއެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އާމްދަނީއަށް އަސަރުކޮށްފައިވާކަމަށާއި ކްރެޓިޑް ފެސިލިޓީތަކަށް އަނބުރާ ފައިސާ ދެއްކުމަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ގެއްލުންވެފައިވާ ކަމަށެވެ.

މިއަހަރު ތެރޭގައިވެސް ލޯނު ދޫކޮށް އިގްތިސާދަށް އެހީތެރިވުމަށް ލޯނާއި ފައިނޭންސިންގގެ ގޮތުގައި ތިން ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކަށް ބޭންކުން ފައިސާ ދޫކޮށްފައިވާކަމަށާއި ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 6.4 ބިލިއަން އިތުރުވެފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިކަމަށް ބޭންކުން ފާހަގަކުރެއެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިން ލަފާކުރެވުނު ފަދައިން 2020 ވަނަ އަހަރުގެ އެންމެ ފަހު ކުއާޓަރގެ ނަތީޖާއަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާ ފާއިތުވި އަހަރު ނުތަނަވަސް އަހަރެއް ކަމަށް ވީނަމަވެސް ބޭންކުން ފާއިތުވެދިޔަ އަހަރުތަކުގައި ހޯދިފައިވާ ކާމިޔާބު ނަތީޖާތަކުގެ ސަބަބުން ބޭންކަށް ފުރިހަމަ ގޮތެއްގައި ތައްޔާރުވެވުނުކަމަށް ވިދާޅުވެފައެވެ. އަދި 2020 ގައި ބޭންކުންވަނީ ރާއްޖޭގެ އިގްތިޞާދު ހީނަރުނުވެ ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަމަށާއި ފުރަބަންދުގެ މުއްދަތުގައި މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމާއި، ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމާއި، ވިޔަފާރިތަކަށް އެހީވުމަށް ވާކިންގ ކެޕިޓަލް ފައިނޭންސިންގ ތައާރަފް ކުރުމުގެ އިތުރުން ސަރުކާރާ ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކުން ލޯނު ދޫކޮށްފައިވާކަމަށް ޓިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް