Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017 | ބުރާސްފަތި 19:27

2016 ވަނަ އަހަރަކީ ބީއެމްއެލްގެ " އެންމެ ކާމިޔާބު އަހަރު"

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 އެޕްރީލު 2017 | ބުރާސްފަތި 19:27
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޮލްޑިވްސް (ބީއެމްއެލް) އަށް 2016 ވަނަ އަހަރު 1.02 ރުފިޔާގެ ފައިދާއެއް ލިބިއްޖެ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސަށް ކެނޑުމަށްފަހު މިދިޔަ އަހަރު 61 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ބޭންކުން ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވުމާއެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ނުވަ އިންސައްތަށް ދަށްކުރެވިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖުމްލަ 108 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ ހިއްސާއަކަށް 20 ރުފިޔާ އެވެ. އެއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމައަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި ޚިދުމަތްތައް ފުޅާކުރުމަށާއި، އުމްރާނީ ތަރައްޤީއަށާއި ސީއެސްއާރު ހަރަކާތްތަކަށް މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ. އަދި މިދިޔަ އަހަރު ތެރޭ ހަތަރު ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

2016 ވަނަ އަހަރަކީ "ބޭންކަށް ފަޚުރުވެރި އަހަރެއް" ގެ ގޮތުގައި ސިފަކުރައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ބޭންކުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންނަށާއި ވިޔަފާރިތަކާއި މުޖުތަމަޢުތަކަށް އެހީވުމަށް މިހާތަނަށް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް 2016 ވަނަ އަހަރުކޮށްފައިވާކަން ފާހަގަކުރަމުން މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާއެކު އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވުމަކީ 2017 ވަނަ އަހަރު ގިނަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ހީލީ ވިދާޅުވި އެވެ.

މިއަހަރު ތެރޭ ބީއެމްއެލް އިން ގިނަ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބިޒްނަސް ސެންޓަރުތަކެއް ހުޅުވިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް