Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ އާމްދަނީ

2020 ވަނަ އަހަރުގެ ފަހު ކުއާޓަރގައި އެސްޓީއޯއަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް

30 ޖެނުއަރީ 2021 | ހޮނިހިރު 14:53

ފާއިތުވި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 7.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖެނުއަރީ 2021 | ހޮނިހިރު 14:53
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ އިމާރާތް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ އިމާރާތް

ފާއިތުވި އަހަރުގެ ފަހު ކުއާޓަރގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާކަަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ފާއިތުވި އަހަރުގެ ފަހު ކުއާޓަރ ރިޕޯޓްގައިވާ ގޮތުން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 91 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެކުންފުންޏަށް 151 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފާއިތުވި އަހަރުގެ ފަހު ކުއާޓަރގައި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެލުގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 972 މިލިއަން ރުފިޔާ ލިބިފައިވާއިރު ތެލުގެ ވިޔަފާރި ނޫން އެހެނިހެން ވިޔަފާރިތަކުން އެކުންފުންޏަށް އާާމްދަނީގެ ގޮތުގައި ލިބިފައިވަނީ 900 މިިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ތެލުގެ ވިޔަފާރިން ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ތިން ބިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ ރިޕޯޓް ދައްކާގޮތުން ފާއިތު އަހަރު ނިމުނުއިރު އެކުންފުންޏަށް ޓެކްސް ދެއްކުމުގެ ކުރިން ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ޖެހެއެވެ. އަދި ޓެކްސް އަށް ކެނޑުމަށް ފަހު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖެހެނީ 409.99 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާ އާއި އަޅާބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް