Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ސްޕަޓްނިކް-ވީ ވެކްސިން

ރަޝިއާގެ ސްޕަޓްނިކް-ވީ ވެކްސިން އަންނަ ހަފްތާގައި ލިބޭނެކަމަށް އުއްމީދުކުރެވޭ: މެކްސިކޯ

މެކްސިކޯއިން މިހާތަނަށް 1.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖެނުއަރީ 2021 | ހޮނިހިރު 14:22
މެކްސިކޯ- އެ ޤައުމުން މިހާރުވެސް ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައި، އެގޮތުން ފުރަތަމަ ޖަހަން ފަށާފައިވަނީ ފައިޒަރ ވެކްސިން

މެކްސިކޯ- އެ ޤައުމުން މިހާރުވެސް ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައި، އެގޮތުން ފުރަތަމަ ޖަހަން ފަށާފައިވަނީ ފައިޒަރ ވެކްސިން

ރަޝިއާގެ ސްޕަޓްނިކް-ވީ ވެކްސިން އަންނަ ހަފްތާގައި ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށް މެކްސިކޯގެ ރައީސް އަންދްރެސް މެނުއެލް ލޮޕޭޒް އޮބްރަޑާ ވިދާޅުވެއްޖެއެވެ.

ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ހުކުރު ދުވަހު ދެއްވި ޚިތާބެއްގައި އަންދްރެސް ވިދާޅުވީ، އަންނަ ހަފްތާގައި މެކްސިކޯއަށް ސްޕަޓްނިކް-ވީ ވެކްސިންގެ ފުރަތަމަ ޑޯޒްތައް ލިބޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި ވެކްސިން ޖަހަން ފެށުމަކީ އެ ޤައުމުގައި ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅުކަން އަންދްރޭސް ފާހަގަ ކުރައްވާފައިވެއެވެ.

ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިންގެ 24 މިލިއަން ޑޯޒް ކުރިއަށް އޮތް މަސްތަކުގައި ލިބޭނެ ކަމަށް އަންދްރެސް މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ސްޕަޓްނިކް ވެކްސިންގެ އިތުރުން، މެކްސިކޯއިން ވަނީ ފައިޒަރ އަދި ބައޯއެންޓެކުން އުފެއްދި ވެކްސިނަށްވެސް ހުއްދަދީ، ބޭނުން ކުރަން ފަށާފައެވެ. އެގޮތުން މިހިނގާ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ އޮފިޝަލުންނަށެވެ.

މެކްސިކޯއިން މިހާތަނަށް 1.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 157،000ށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު