Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗާއި ލުކާކޫ ސަސްޕެންޑް ކުރުން

އިބްރަހިމޮވިޗާއި ލުކާކޫއަށް އެއް މެޗުގެ ސަސްޕެންޝަނެއް

30 ޖެނުއަރީ 2021 | ހޮނިހިރު 10:20

ސެމީފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް އިންޓަ ކުޅޭ މެޗުގައި ލުކާކޫއަށް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2021 | ހޮނިހިރު 10:20
ިޓާލިއަން ކަޕުގެ ކުއާޓާފައިނަލް މެޗުގެ ތެރެއިން އިބްރަހިމޮވިޗާއި ލުކާކޫ

ިޓާލިއަން ކަޕުގެ ކުއާޓާފައިނަލް މެޗުގެ ތެރެއިން އިބްރަހިމޮވިޗާއި ލުކާކޫ

އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗާއި އިންޓަގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވެއްޖެއެވެ.

މި ދެ ކުޅުންތެރިންނަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވީ އިޓާލިއަން ކަޕުގެ ކުއާޓާފައިނަލުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ މިލާން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންޓަ މޮޅުވި މެޗުގައި ދެއްކި ކާޑުތަކާ ގުޅިގެންނެވެ.

އެ މެޗުގައި އިބްރަހިމޮވިޗާއި ލުކާކޫއާ ދެމެދު ދަނޑުމަތީގައި ތަކުރާރުކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރިއިރު، ފުރަތަމަ ހާފުގައި އެ ދެ ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ފަހުން ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އިބްރަހިމޮވިޗަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އިބްރަހިމޮވިޗަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކީ އިންޓަގެ އަލެކްސަންޑަ ކޮލަރޯވަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެހެންކަމުން ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑާއެކު އިބްރަހިމޮވިޗަށް ވަނީ ގަވާއިދުގެ ދަށުން އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވެފައެވެ. އަދި ލުކާކޫއަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވީ އެ މެޗުގައި ދެއްކި ރީނދޫ ކާޑަކީ މި ސީޒަނުގެ އިޓާލިއަން ކަޕުގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑު ކަމަށްވާތީއެވެ.

އެހެންކަމުން އިޓާލިއަން ކަޕުގެ ސެމީފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް އިންޓަ ކުޅޭ މެޗުގައި ލުކާކޫއަށް ނުކުޅެވޭއިރު، އިބްރަހިމޮވިޗަށް ގެއްލޭނީ އަންނަ ސީޒަނުގެ އިޓާލިއަން ކަޕުގައި މިލާނުން ކުޅޭ ފުރަތަމަ މެޗެވެ.

އިބްރަހިމޮވިޗާއި ލުކާކޫއަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވިއިރު، އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން އެ މެޗުގައި ލުކާކޫއާ ނަސްލީ ގޮތުން އިބްރަހިމޮވިޗް ދިމާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ބެލުން އެކަށީގެންވެއެވެ. އަދި އެ މައްސަލަ ސާބިތުވެއްޖެނަމަ އިބްރަހިމޮވިޗަށް އިތުރު ސަސްޕެންޝަނެއް ކުރިމަތިވާނެ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެކަމަކު މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި އިބްރަހިމޮވިޗް ވަނީ ލުކާކޫއާ ނަސްލީ ގޮތުން ދިމާނުކުރާ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

07 ސެޕްޓެމްބަރު 2017
އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި
14 އޯގަސްޓު 2017

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017
ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!
18 ޖުލައި 2017

މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!

18 ޖުލައި 2017
މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!
25 މެއި 2017

ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން

25 މެއި 2017
ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް