Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:50

މި ޓެސްޓް ސީރީސްގެ ފުރަތަމަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފައިވަނީ 20 ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:50
ބަންގްލަދޭޝްއާ އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝްއާ އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝްއާ އޮސްޓްރޭލިއާއާ ދެމެދު ކުރިޔަށް ދާ ޓެސްޓް ސީރީސްގެ ދެވަނަ މެޗުގެ ލީޑު އޮސްޓްރޭލިއާއިން ނަގައިފިއެވެ.

"އޮސްޓްރޭލިއާ ޓުއާ އޮފް ބަންގްލަދޭޝް" ގެ ޓެސްޓް ސީރީސްގެ ދެވަނަ މެޗުގެ ލީޑު އޮސްޓްރޭލިއާއިން ނަގާފައިވަނީ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު 72 ލަނޑުގެ ލީޑެއް ނަގައިގެންނެވެ.

ދެވަނަ މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރާ ބަންގްލަދޭޝްއިން ވަނީ 113 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 305 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްގެ ޓީމުން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 166 ބޯޅައިން 68 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މުޝްފިގުއް ރަހީމްއެވެ.

ޖަވާބުގައި ކުޅެން އަރާ އޮސްޓްރޭލިއާއިން ވަނީ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 377 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޓީމުން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 234 ބޯޅައިން 123 ލަނޑު ހެދި ޑޭވިޑް ވާނާއެވެ. މިއީ ވާނާ ސެންޗަރީއެއް ޖެހިޖެހިގެން ފުރިހަމަ ކުރި ދެވަނަ މެޗެވެ.

މި ޓެސްޓް ސީރީސްގައި ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗެވެ. އެގޮތުން ބަންގްލަދޭޝްއިންވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ 20 ލަނޑުންނެވެ.

ބަންގްލަދޭޝްއިން ވަނީ ފުރަތަމަ މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރާ 78 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 260 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 133 ބޯޅައިން 84 ލަނޑު ހެދި އަލް ހަސަންއެވެ. ޖަވާބުގައި ކުޅެން އަރާ 74 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އޮސްޓްރޭލިއާއަށް ހެދިފައިވަނީ 217 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 94 ބޯޅައިން 45 ލަނޑު ހެދި މެޓް ރެންޝޯއެވެ.

ދެވަނަ އިނިންގްސްގައި ބަންގްލަދޭޝްއިން ވަނީ 79 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 221 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 155 ބޯޅައިން 78 ލަނޑު ހެދި ތަމީމް އިގްބާލްއެވެ. ޖަވާބުގައި ކުޅެން އަރާ 70 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އޮސްޓްރޭލިއާއަށް ހެދިފައިވަނީ 244 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 135 ބޯޅައިން 112 ލަނޑު ހެދި ޑޭވިޑް ވާނާއެވެ.

މި ޓެސްޓް ސީރީސްގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް