Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން

ވިކްޓްރީ އޮތީ 11 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ހަ ވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 10:26
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން

ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން

މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރަން ބޭނުންވާ ނަމަ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުގެ ތިން ޕޮއިންޓް މަޖުބޫރު ކަމަށް އެ ކްލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ޔޫވީއާ ދެކޮޅަށް ނިކުންނަ މެޗުގައި ތިން ޕޮއިންޓް ނުހޯދިއްޖެ ނަމަ ގަދަ ހަތަރަކަށް އަރާ ވާހަކަ ހުއްޓާލުމަށްފަހު މި ބުރު ހަމައެކަނި ޖެހޭނީ ކުޅެލަން ކަމަށެވެ.

އެގޮތުން ސުޒެއިން ބުނީ މިއީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި، މި ތިން ޕޮއިންޓަކީ ވިކްޓްރީ އަށް ހޯދަން މަޖުބޫރު ތިން ޕޮއިންޓް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެ ތިން ޕޮއިންޓް ހޯދަން ވިކްޓްރީން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ވިކްޓްރީއަށް ފަސޭހަކޮށްލައިގެން ވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ފާހަގަކުރަމުން ސުޒެއިން ބުނީ ރަނގަޅު މެޗެއް ކުޅެލުމަށް ފަހު ޕްރެޝާ މެޗަކަށް ނިކުންނައިރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭ ރައިޓް ބެކް އަދި ބިދޭސީ ކުޅުންތެރިޔާ ވެލިޗްކޯއަށް ޔޫވީ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

ވިކްޓްރީގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ތައުރީފްކުރަމުން ސުޒެއިން ބުނީ ބަކާއަކީ ރާއްޖޭގައި މިވަގުތު ކުޅެމުންދާ އެންމެ މޮޅު މިޑްފިލްޑަރު ކަމަށާއި، އެގޮތުން މާޒިޔާ އަތުން ވިކްޓްރީ މޮޅުވި މެޗުގައި ވެސް އެންމެ ނުފޫޒް ގަދަ ކުޅުންތެރިޔަކަށް ފެނިގެންދިޔައީ ބަކާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސުޒެއިން ބުނީ ބަކާ ގައުމީ ޓީމަށް ނަގާނެ ކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެއްވެސް މީހަކު ގައުމަށް ވުރެ ބޮޑު ނުވާނެ ކަމަށާއި، ދިވެހި ރާއްޖެއަށް ފައިދާ ވާނީ ބަކާ ގައުމީ ޓީމުގައި ހިމެނިގެން ކަމަށެވެ.

މާލޭ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ވިކްޓްރީ ވަނީ އެޓީމު ކުޅުނު އަށް މެޗުން 11 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ. އެޓީމު ވަނީ ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކޮށްފައެވެ. ބާކީ ތިން މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު