Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017 | ހޯމަ 07:28

ރޮނާލްޑޯ އަށް ވަނީ މެޗުގައި ރަތްކާޑެއް ދައްކާފައި

ލީވާން އަލީ
ލީވާން އަލީ | 14 އޯގަސްޓު 2017 | ހޯމަ 07:28
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ)

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ)

ބާސެލޯނާ އަތުން 1-3 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައި ރެފްރީ ކޮއްޕާލުމުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެނިޝް ސުޕަކަޕްގައި ހޯމަ ދުވަހުގެ ރޭ ބާސާ އަދި ރެއާލް ބައްދަލުކުރި މެޗުގެ 80 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހާ ރެއާލް އަށް ލީޑު ނަގައިދީފައެވެ. އެ ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ ޖޯޒީ ބޭލުމަށް ފަހު އުފާފާޅުކޮށްފައެވެ. އެގޮތުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައެވެ.

އޭގެ މިނެޓެއް ފަހުން ރޮނާލްޑޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އޭނާ އަށް ރެފްރީ ރަތް ކާޑެއް ދައްކާފައިވަނީ ބާސެލޯނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑައިވް ކުރި ކަމަށް ބަލާފައެވެ. އެހެންނަމަވެސް ރިޕްލޭ އިން ފެންނަ ގޮތުގައި ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އުމްޓިޓީ އާއި ރޮނާލްޑޯއާ ދެމެދު ކޮންޓެކްޓެއް ހިނގާފައިވާތަން ފެނެއެވެ.

ރެފްރީ ރަތް ކާޑު ދެއްކުމާއެކު ރޮނާލްޑޯ ވަނީ ރުޅިވެރިކަމާއެކު ރެފްރީ ކައިރިޔަށް ގޮސް އޭނާ ކޮއްޕާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެފްރީ ތައްޔާރުކުރި ރިޕޯޓުގައި ރަތް ކާޑު ދެއްކިފަހުން ރޮނާލްޑޯ އޭނާ ކޮއްޕާލި ކަމަށް ވަނީ ލިޔެފައެވެ.

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ގަވައިދު ބުނާ ގޮތުން ކުޅުންތެރިޔަކު ރެފްރީއާ އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ހިންގާ ކޮއްޕާލާ އަދި ގައިގަ އައްލައިފި ނަމަ އަދަބެއްގެ ގޮތުގައި ހަތަރު މެޗާ 12 މެޗާ ދޭތެރޭގައި ސަސްޕެންޝަނެއް އަންނާނެ އެވެ.

ރޮނާލްޑޯ އަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އޭނާ އަށް ގެއްލޭނީ ހަމައެކަނި ސްޕެއިންގެ މުބާރާތްތަކުގެ މެޗުތަކެވެ. އެހެންނަމަވެސް ރޮނާލްޑޯ އަށް ފިޔަވަޅު ނާޅަން ފެޑެރޭޝަނުން ނިންމައިފި ނަމަ އޭނާއަށް ގެއްލޭނީ ހަމައެކަނި ސްޕެނިޝް ސުޕަކަޕްގެ ދެވަނަ ލެގެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް