Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަަވަލްނީގެ ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށަށް

އެންމެ ފަހުން ނަަވަލްނީގެ ކޮއްކޮ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް

28 ޖެނުއަރީ 2021 | ބުރާސްފަތި 00:11

ނަވަލްނީ ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖެނުއަރީ 2021 | ބުރާސްފަތި 00:11
ރަޝީއާގެ ފުލުހުން ނަވަލްނީގެ އޮފީސް އަދި އެޕަރޓްމަންޓް ވަނީ ބަލާފަ

ރަޝީއާގެ ފުލުހުން ނަވަލްނީގެ އޮފީސް އަދި އެޕަރޓްމަންޓް ވަނީ ބަލާފަ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ކޮއްކޮ އޮލެގް ނަވަލްނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނަވަލްނީގެ ކޮއްކޮ އޮލެގް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޮލެގް ގެންގޮސްފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ފުލުހުން ވަނީ ނަވަލްނީގެ ގޭގެ އިތުރުން އޭނާގެ އޮފީސްވެސް ބަލާފާސް ކޮށްފައެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު މި މަހުގެ 18 ވަނަ ދުވަހު އެނބުރި ރަޝިއާއަށް ވަޑައިގަތުމާއެކު ނަވަލްނީ ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ވަގުތެއްގައި ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

މިއާއިއެކު ނަވަލްނީގެ ސަޕޯޓަރުންވަނީ ނަވަލްނީ ދޫކޮށްލަން ގޮވާލައި ރަޝިއާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކުން 4،000ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ރަޝިއާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަވަލްނީ ވަނީ ނަހަމުގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެރޯލް ގަވާއިދާ ޚިލާފުވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ނަވަލްނީ ތުހުމަތު ކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ހިލާފުވި މައްސަލައިގައި ފެބްރުއަރީ 15 ގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29 އަށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން ޖަލު ހުކުމަކަށް ބަދަލުކުރުމާ މެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

ޖަރުމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ހޯއްދަވާފައި އެނބުރި ގައުމަށް ވަޑައިގެންނެވި ނަވަލްނީގެ ހާލުކޮޅު ސީރިއަސްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާއިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އޭނާ ސައި ހިއްޕެވި ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ދިމާވީ އާޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ވިހައެއްގެ ސަބަބުންނެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީއަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕުޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި

30 އޮކްޓޯބަރު 2017
ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި
27 އޮކްޓޯބަރު 2017

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

27 އޮކްޓޯބަރު 2017
ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ
23 އޮކްޓޯބަރު 2017

ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

23 އޮކްޓޯބަރު 2017
ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ
31 އޯގަސްޓު 2017

މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި

31 އޯގަސްޓު 2017
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް