Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާގެ ބޮމުގެ ހަމަލާ

ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި

30 އޮކްޓޯބަރު 2017 | ހޯމަ 08:04

ހޮނިހިރު ދުވަހު ދިން ހަމަލާގައި 25 މީހަކުވަނީ މަރާލާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އޮކްޓޯބަރު 2017 | ހޯމަ 08:04
ހޮނިހިރު ދުވަހު ދިން ހަމަލާގައި 25 މީހަކު ވަނީ މަރާލާފައި

ހޮނިހިރު ދުވަހު ދިން ހަމަލާގައި 25 މީހަކު ވަނީ މަރާލާފައި

ވެރިރަށް މޮގަދިޝޫގައި ދިން ހަމަލާއެއްގައި 25 މީހުން މަރާލިތާ އެއްދުވަސް ތެރޭ ސޯމިލާގެ ސަރުކާރުން އެ ގައުމުގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ޕޮލިސް ކޮމިޝަނަރ މަގާމުން ވަކިކޮށްފިއެވެ.

އަބްދުﷲ މުހައްމަދު ސަންބަލޫޝީ އަދި އަބްދުހަކީމް ދާހިރް މަގާމުން ވަކިކޮށްފައި މިވަނީ މިމަހުގެ ކުރީކޮޅު އެގައުމުގައި ދިން ބޮމުގެ ހަމަލާއެއްގައި 300 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ފަހު ޑިފެންސް މިނިސްޓަރ އަދި އިންޓެލިޖެންސް ފޯސްގެ ޗީފް އޮފް ސްޓާފް މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

ގޮވާތަކެތި އަރުވާ ފުރާފައި އޮތް ލޮރީއެއް ހޮޓަލެއްގެ ދޮރުމަތީގައި ގޮއްވާލައިގެން ދިން އެ ހަމަލާއަކީ 2007 ވަނަ އަހަރު ސޯމާލިއާގެ އަލް ޝަބާބުން ހަމަނުޖެހުން ހިންގަން ފެށިފަހުން އެ ގައުމުގައި ދެވުނު އެންމެ ގެއްލުން ބޮޑު ޓެރެރިސްޓް ހަމަލާއެވެ.

ސަލާމަތީ ކަންކަމާއި ސިޔާސީ މުޝީރެއް ކަމަށްވާ މުހައްމަދު ޝައަރ ވިދާޅުވީ ސަރުކާރަށް އެފަދަ ހަމަލާތަށް ނުހުއްޓުވެނީ ސޯމާލިއާގެ ސަލާމަތީ އިދާރާތަކުގެ ގާޑުން އަބަދު ބަދަލުވަމުން ދިއުމުގެ ސަބަބުންނެވެ.

މިގެ އިތުރުން ވަސީލަތްތައް މަދުވުމާއި އިންޓެލިޖެންސްގެ ގާބިލްކަން ކުޑަވުމުގެ ސަބަބުންކަމަށް އަލްޖަޒީރާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ހޮނިހިރު ދުވަހު ދިން ހަމަލާގެ ޒިންމާ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތް. އަދި ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައިގެންފައިވާ އެ ގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އަލް ޝަބާބުން ވަނީ ނަގާފައެވެ.

ދުވާލުގެ ވަގުތުގައި މި ހަމަލާދީފައިވަނީ ކާރު ބޮމެއް ގޮއްވާލައިގެން ޖާނުން ފިދާވި މީހާ ދުއްވާފައި ގޮސް ނާސާ ހަބޮލްޑް ހޮޓަލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެ ހޮޓަލަކީ ރައީސް މުހައްމަދު އަބްދުﷲ ފަރްމަޖޯ އެ ގައުމުގެ ފެޑެރަލް ފަސް ސްޓޭޓެއްގެ ވެރިންނާއެކު ހޮނިހިރު ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި އޮތް ހޮޓަލެވެ.

ގޮވާތަކެތި އަރުވާފައިވާ އިތުރު ވެހިކަލަކުންވަނީ އެ ހޮޓަލާ އިންވެގެން ހުރިތަނެއްގައި ގޮއްވާލާފައެވެ. ހަމަލާ ދިން މީހުން އޭގެ ފަހުންވަނީ ހޮޓަލަށް ހަމަލާދީ މީހުން ރަހީނުކޮށްފައެވެ. ހިސާރު ނައްތާލުމަށް ސަލާމަތީ ފައުޖުތަކަށް 10 ގަޑިއިރު ހޭދަކުރަން ޖެހުނެވެ.

ހަމަލާދިން އިރު ރައީސް ފަރްމަޖޯ ހޮޓަލަށް ވަޑައިގެންފައެއް ނުވެއެވެ.

ހަމަލާދިން މީހުންގެ ތެރެއިން ދެ މީހަކު މަރާލައި ތިން މީހަކު ދިރިހުއްޓައި ހައްޔަރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ސެކިއުރިޓީގެ ތަރުޖަމާނު އަބްދުލް އަޒީޒް އަލީ އާދީއްތަ ދުވަހ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް