Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާ-ސްޕެއިން

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

ބޮޑު ވަޒީރު ގެ ތަގުރީރަށް މާގިނައިރުތަކެއް ނުވެ ކެޓަލޯނިއާ އިން ވަނީ މިިނިވަންކަން އިއުލާންކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2017 | ހުކުރު 15:07
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި: އެމަނިކުފާނު ދާދިފަހުން ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަ

ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުގެ ވެރިން މަގާމުން ދުރުކޮށް ކެޓަލޯނިއާ ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމާ ބެހޭ ޕްލޭނަށް ތާއިދުކުރެއްވުމަށް ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިން ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި އެދިވަޑައިގެންފިއެވެ.

ރަޚޮއި ވިދާޅުވީ ސްޕެއިންގެ ސަރުޚާރުގެ އަތްދަށަށް ކެޓަލޯނިއާ ގެންނަން ޖެހެނީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށާއި، ކެޓަލޯނިއާ އަށް "ޑިމޮކްރަސީ އާއި ހަމަޖެހުން" ގެންނަން ޖެހޭ ކަމަށެވެ. ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ތަގުރީރު ކުރައްވަމުން ރަޚޮއި ވިދާޅުވީ ކެޓަލޯނިއާގެ ސަރުކާރުން މަސައްކަތް ކުރަނީ ސްޕެއިންގެ އާއިލާތައް ބައިބައިކޮށް މުޖުތަމައު ފަސާދަ ކުރުމަށްޓަކައި ކަމަށެވެ. އަދި ކެޓަލޯނިއާ ސަރުކާރުގެ އަމަަލުތަކުގެ ސަބަބުން އެ ސަރަހައްދުން ވިޔަފާރިތައްވެސް ދުރަށް ދާން ފަށާފައިވާ ކަމަށް ރަޚޮއި ވިދާޅުވިއެވެ. ރަޚޮއި ގެ ތަގުރީރަށް ސްޕެއިންގެ ސެނެޓުގައި ވަރަށް ބޮޑަށް ތަރުހީބު ލިބިގެން ދިޔައެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ހުކުރު ދުވަހު އެގައުމުގެ ސެނެޓުގައި ތަގުރީރު ދެއްވިތާ މާގިނައިރުތަކެއް ނުވެ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖީލީހުން ވަނީ އެ ސަރައްދުގެ މިނިވަންކަން އިއުލާންކޮށްފައެވެ.

135 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުުރު ދުވަހު ނެގި ވޯޓުގައި، 70 މެމްބަރަކު ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ވަނީ މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ދެ މެމްބަރަކު ވޯޓަށް ހާޒިރުވެވަޑައިނުގަންނަވައެވެ.

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ސްޕެއިންގެ ބޮޑު ވަޒީރު ވަނީ އެކަމާ ދެކޮޅަށް ޓްވީޓް ކުރައްވާފައެވެ. ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގާނޫނުގެ ހުކުމް ކެޓަލޯނިއާގައި ގާއިމުކުރައްވާނެ" ކަމަށެވެ.

ކެޓަލޯނިއާ އަކީ ސްޕެއިންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން މިިނިވަންވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހުރުވަޔަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ

ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ

08 އޯގަސްޓު 2017
އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

08 އޯގަސްޓު 2017
މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް

މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް

23 ޖުލައި 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު