Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

ކެޓަލޯނިއާ ސަރުކާރުގެ ވެރިން މަގާމުން ދުރުކޮށް ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 އޮކްޓޯބަރު 2017 | ހޯމަ 15:23
ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ސްޕެއިން ސަރުކާރުގެ އަތްދަށަށް ކެޓަލޯނިއާ ގެންދަން މަސައްކަތްކޮށްފި ނަމަ ކެޓަލޯނިއާގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ބޯނުލަބާނެ ކަމަށް ކެޓަލޯނިއާގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ކެޓަލޯނިއާގެ ސަރުކާރުގެ ތަރަޖަމާނަކު ބީބިސީއަށް ވިދާޅުވީ ސްޕެއިންގެ މައި ސަރުކާރުން މަސައްކަތް ކުރަނީ ކެޓަލޯނިއާގެ ރައްޔިތުންގެ އެދުމާ ދެކޮޅަށް ކަމަށެވެ.

ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުގެ ވެރިން މަގާމުން ދުރުކޮށް ކެޓަލޯނިއާ ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމާ ބެހޭ ޕްލޭން ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ. ރަޚޮއި ދާދިފަހުން ވިދާޅުވީ ކެޓަލޯނިއާ ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުން ފިޔަވައި އިތުރު ގޮތެއް ނެތް ކަމަށާއި ކެޓަލޯނިއާ ސަރުކާރުން މަސައްކަތް ކުރަނީ "ގާނޫނުތަކާއި ހިލާފަށް ކަމަށާއި އަދި ބޭނުން ވަނީ ކުރިމަތިލުމަކަށް ދާން ކަމަށެވެ."

ބޮޑު ވަޒީރު މާރިއާނޯގެ ވާހަކަފުޅުގައި ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމާފައިވާ ކަން ހާމަ ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި އިލެކްޝަންސް ބާއްވަން ނިންމާފައިވާ ކަން ވަނީ ހާމަ ކުރައްވާފައެވެ.

ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ހާމަ ކުރައްވާފައިވާ ޕްލޭން، މިއަންނަ ހުކުރު ދުވަހު އެގައުމުގެ ގާނޫނުހަދާ މަޖިލީހުން އެޕްރޫވް ކުރާނެ ކަމަށް ބެލެވެއެވެ.

ކެޓަލޯނިއާ އަކީ ސްޕެއިންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ. ކެޓަލޯނިއާ އިން ދަނީ ސްޕެއިން އިން މިނިވަންވުމަށް މަސައްކަތް ކުރަމުންނެވެ.

ސްެޕެއިންގެ މައި ސަރުކާރުން ކުރިން ބުނެފައި ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފައިވާ ކަމަށް ބުނެފި ނަމަ މިނިވަންކަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ނުވަތަ ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަަމަ ބާރު ހިންގާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު