Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތް

އޭސީސީގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު އާޒިމް އެދިގެން މިއަދުގެ އަޑުއެހުންތައް ކެންސަލްކޮށްފި

24 ޖެނުއަރީ 2021 | އާދީއްތަ 05:05

މިއަދުގެ އަޑުއެހުންތައް ކެންސަލް ކުރީ އާޒިމްގެ ގާނޫނީ ވަކީލު އެހެން އަޑުއެހުންތަކަކަށް ވަޑައިގަންނަވަން ޖެހުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ޖެނުއަރީ 2021 | އާދީއްތަ 05:05
އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލަން މަސައްކަތްކުރިކަމުގެ ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމް

އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލަން މަސައްކަތްކުރިކަމުގެ ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމް

އެމް.އެމް.ޕީ.އާރު.ސީ. މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 (އެއްލައްކަ) ޑޮލަރު ލިބުނުކަމަށް ތުހުމަތު ކުރެވޭ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 09:00 އަށެެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ، އެ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށާއި އާދިއްތަ ދުވަހުގެ އަޑުއެހުންތައް ކެންސަލް ކުރަންޖެހުނީ، އާޒިމްގެ ގާނޫނީ ވަކީލު، އެހެން މައްސަލަތަކެއްގެ އަޑުއެހުންތަކަކަށް ކޯޓަށް ވަޑައިގެން އުޅުއްވަންޖެހިވަޑައިގަންނެވުމުގެ ސަބަބުން، އަޑުއެހުމަށް ވަޑައިގެންނެވުމަށް ދަތިތަކެއް ދިމާވެފައިވާތީ، އެހެންދުވަހަކަށް މި އަޑުއެހުންތައް ތާވަލްކޮށްދިނުމަށް އެދިވަޑައިގެން ކޯޓަށް ހުށަހަޅުއްވާފައިވާތީކަމަށެވެ.

Advertisement - newsAdvertisement

އާޒިމްގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް އެ މައްސަލަތައް ފޮނުވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އާޒިމްއަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 100،000 ޑޮލަރު ލިބުނު މައްސަލަ ފުލުހުންގެ އިދާރާއިންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ޕީޖީގެ އޮފީހަށް ހުށަހެޅުމުން، އާޒިމްގެ މައްޗަށް ހަތަރު ދަޢުވާއެއް ކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދަޢުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައި ވަނީ، 12 އޮކްޓޯބަރު 2011އިން 14 އޭޕްރީލް 2016އަށް އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރިއިރު، އެކޮމިޝަނުގައި އާޒިމް އިސްކޮށްހުރެ، ތަހުގީގުކުރަމުންދިޔަ އެމް.ޕީ.އެލް. އާއި އެމް.އެމް.ޕީ.އާރު.ސީ.އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަން މައްސަލައާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އަދި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް. ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް، ބޭންކް އޮފް މޯލްޑިވްސް (ބީ،އެމް،އެލް)ގައި ހުޅުވާފައިވާ އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދަޢުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ ވެސް، 2 ޖޫން 2015 ވަނަ ދުވަހު އާޒިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 50،000 ޑޮލަރުގެ މުޢާމަލާތާ ގުޅިގެންނެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ތިންވަނަ އަދި ހަތަރުވަނަ ދަޢުވާއަކީ ވެސް ރިޝްވަތުހިފުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގގެ ކުށުގެ ދަޢުވާއެކެވެ. އެ ދެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ވެސް، އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، އިތުރު 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް ބީއެމްއެލްގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓަށް 15 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި އަދި އެފައިސާއިން އިތުރު މުޢާމަލާތްތަކެއް ހިންގާފައިވާތީއެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދެ ދަޢުވާއާ ގުޅިގެން އޭނާގެ އެކައުންޓަށް އެސް.އޯ.އެފް. ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކުރި 100،000 ޑޮލަރު، ދައުލަތަށް ނަގައިދިނުމަށް ވެސް އެ ދެ ދަޢުވާގައި އެދިފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލަން، އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނަވައިގެން 100،000 ޑޮލަރުގެ ރިޝްވަތު ނެގިކަމުގެ ދަޢުވާ އުފުލާފައިވަނިކޮށް އާޒިމް ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސް (އައި.އޭ.އެސް)ގެ ބޯޑު މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް