Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމުގެ ޕްރޮގްރާމް

ރާއްޖޭގެ އެންމެ އުތުރަށް އޮންނަ 3 އަތޮޅުގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ހިންގަނީ

24 ޖެނުއަރީ 2021 | އާދީއްތަ 03:10

ހއ. ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ޖެނުއަރީ 2021 | އާދީއްތަ 03:10
އެގްރޯ ކުންފުނި އުފައްދަވާފައިވަނީ ކޮވިޑްގެ ތެރޭގައި

އެގްރޯ ކުންފުނި އުފައްދަވާފައިވަނީ ކޮވިޑްގެ ތެރޭގައި

ރާއްޖޭގެ އެންމެ އުތުރަށް އޮންނަ 3 އަތޮޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާކަމަށް އެގްރޯނެޓުން ހާމަކޮށްފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހާރޫން ރަޝީދު ވަނީ އެކުންފުނިން ހއ. ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ދަށުން އެ އަތޮޅުތަކުގެ ރަށްރަށުގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތަކުގެ އިތުރުން ރިސަރޗުގެ މަސައްކަތްތައް ވެސް ހިމެނޭނެއެވެ. މި ޕްރޮގްރާމް އަވަސް މުސްތަޤުބަލެއްގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް އެގްރޯނެޓުން ހާމަކުރެއެވެ. މި މަސައްކަތް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެންނެވެ.

އެގްރޯނެޓަކީ، ދަނޑުވެރިކަން ތަރައްޤީކުރުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ކޮވިޑް-19ގެ ތެރޭގައި އެގްރޯއިން މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ މާލެ ސަރަހައްދުގައި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކުރުމުގެ މަސައްކަތްތަކުގައެވެ. ނަމަވެސް މަޑުމަޑުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ގޮސްފައިވާތީ، މިހާރު އެގްރޯ ކުންފުނީގެ މަސައްކަތްތައް ދަނީ ފުޅާކުރަމުންނެވެ.

އެގޮތުން ރަށްރަށުގައި ދަނޑުވެރިންނާއެކު މަޝްވަރާ ކުރެވި، ހޮވާލެވިފައިވާ 80 ރަށުގައި ކޮންޓްރެކްޓް ފާރމިންގގެ އުސޫލްތައް ކަނޑައަޅާފައިވާ ގޮތާއި، އޭގެ މަޢުލޫމާތުތައް އެ ކުންފުނިން ދެމުންގެންދާ ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

ކޮންޓްރެކްޓް ފަރމިންގެ ފުރުޞަތު، އިތުރު 11 ރަށަކަށް މިހާރު ވަނީ ހުޅުވައިލާފައެވެ. މީގެ ކުރިން ކޮންޓްރެކްޓް ފަރމިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ފުރުސަތު ހުޅުވައިލާފައިވަނީ ލ އަތޮޅަށް އެކަންޏެވެ. އެގޮތުން އެ ފަހަރު އެގްރޯނެޓްއިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ލ. ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާއެކުގައެވެ. .

އަލަށް ކޮންޓްރެކްޓް ފާރމިންގެ ފުރުޞަތު ހުޅުވާލިކަން ހާމަކޮށް އެގްރޯނެޓް ކުންފުނިން ކުރި ޓްވީޓެއްގައި ވަނީ މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވައްމުލަށް އަދި ސ. މީދޫގައެވެ.

މި މަޝްރޫޢު ފަށާފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކުގައެވެ. މިއީ ސަރުކާރުން އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މަޢުލޫމާތުދެއެވެ.

އެގްރޯނެޓްގެ މަޝްރޫޢުގެ ދަށުން ދަނޑުވެރިންނާއެކު ހެދޭ އެއްބަސްވުމުގެ ދަށުން އުފައްދާ ބާވާތްތައް އެކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބި، އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް