Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި އީގަލްސްގެ މެޗު

އީގަލްސް މިހާރު އޮތް ހާލުގައިވެސް މާޒިޔާއަށް ދުލެއް ނުދޭނެ: ނިމާ

21 ޖެނުއަރީ 2021 | ބުރާސްފަތި 14:35

އީގަލްސްގެ ކޯޗުގެ މަގާމުން މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ އިސްތިއުފާދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 ޖެނުއަރީ 2021 | ބުރާސްފަތި 14:35
ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ)

ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ)

ކުލަބު އީގަލްސް މިހާރު އޮތް ހާލުގައިވެސް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ދޫ ނުދޭނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) ބުނެފިއެވެ.

ދާދި ފަހުން އީގަލްސްގެ ކޯޗުގެ މަގާމުން މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ އިސްތިއުފާދީފައެވެ. އީގަލްސްގެ އެއްބަސްވުން މޯހަން އުވާލިއިރު، މި ސީޒަނުގައި އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިމާ ބުނީ އީގަލްސް މި ވަގުތު އޮތީ ހުރިހާ ގޮތަކުންވެސް ވަރަށް ދަތި ހާލުގައި ކަމަށާއި، އެގޮތުން އަނިޔާގެ ގިނަ މައްސަލަތަކެއް ޓީމުގައި ހުރުމުގެ އިތުރުން، ހެޑް ކޯޗެއް ނެތުންވެސް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް މާޒިޔާ މެޗަށް އީގަލްސް ނުކުންނައިރު، އެޓީމަށް ދޫ ދިނުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ނިމާ ބުންޏެވެ.

ނިމާ އިތުރަށް ބުނީ މިހާރު އަނިޔާގެ މައްސަލަ ބޮޑުވެފައިވުމުން، ތަޖުރިބާ މަދު ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅެން މަޖުބޫރުވެފައިވާ ކަމަށެވެ. އެކަމަކު މި ސީޒަނުގެ އީގަލްސްގެ އަމާޒަކީ ކުރިއަށް އޮތް ހުރިހާ މެޗަކުން ތިން ޕޮއިންޓް ހޯދުން ކަމަށާއި، އީގަލްސްއިން ދެން ނުކުންނަނީ ތައްޓަށް އަމާޒު ހިފައިގެން ކަމަށްވެސް ނިމާ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ.

އީގަލްސް މެޗުގެ ކުރިން މާޒިޔާގެ ބިދޭސީ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އީގަލްސް އަކީ މާޒިޔާއަށް މޮޅުވާން އުނދަގޫ ޓީމެއް ކަމަށާއި، އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އިތުރަށް ހިތްވަރުލައި، މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށެވެ. އަދި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އޮތް ހާލަތަށް ވިސްނައިގެން ނުތިބެވޭނެ ކަމަށާއި، މި މެޗަކީ މާޒިޔާއިން ލީގުގައި ކުރިން ކުޅުނު މެޗުތަކަށްވުރެ އުނދަގޫ މެޗެއް ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ. އަދި އީގަލްސްއަކީ ޓީމެއްގެ ގޮތުގައި މޮޅަށް ކުޅޭ ޓީމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
20 ފެބުރުއަރީ 2017

އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

20 ފެބުރުއަރީ 2017
އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް