Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ވެކްސިން ރާއްޖެ ގެނައުން

އިންޑިއާއިން ދިން އެހީއަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަ ރަމްޒެއް: މިނިސްޓަރ ޝާހިދު

ވޭތުވެދިޔަ 10 ވަރަކަށް މަސް ދިވެހިން ހޭދަކޮށްފައިވަނީ ނުހަނު ހިތްދަތިކަމާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2021 | ބުދަ 11:36
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި އިންޑިއާއިން ވެކްސިން ރާއްޖެއަށް ހަވާލުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި އިންޑިއާއިން ވެކްސިން ރާއްޖެއަށް ހަވާލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ވަމުންގެންދާ އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަ ރަމްޒެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން ހަވާލު ކުރުމަށް ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވޭތުވެދިޔަ 10 ވަރަކަށް މަސް ދިވެހިން ހޭދަކޮށްފައިވަނީ ނުހަނު ހިތްދަތިކަމާއެކު ކަމަށެވެ. މިނިސްޓަރ ވަނީ ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ މޭސްތިރިކަމުގެ ދަށުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އިންޑިއާއިން ވެކްސިން ދޭން ފެށިތާ ހަތަރު ދުވަސް ތެރޭގައި އިންޑިއާއިން އަވައްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފެށުމުން ކަމަށެވެ.

އިނގިރޭސި ބަހުންނާއި، ހިންދޫ ބަހުން އިންޑިއާއަށް ޝުކުރުދަންނަވައި މިނިސްޓަރ ވަނީ އެކި މުނާސަބާތަކުގައި އިންޑިއާއިން ދިވެހިންނަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ތިން ލެވެލްގެ ޓްރަޔަލްތައްވެސް ނިންމާފައިވާ ރައްކާތެރި ވެކްސިނެއް ކަމަށެވެ. އެގޮތުން މި ވެކްސިން އުފައްދާފައިވާ ސިރަމް އިންސްޓިޓިއުޓަކީ ވެކްސިން އުފެއްދުމުގައި ނަން މަޝްހޫރު ކުންފުންޏެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންމެ އަހަރަކުވެސް 1.5 ބިލިޔަނަށްވުރެ ގިނަ ވެކްސިން ޑޯޒުތައް ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު