Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުން

ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވޭނެ: މަޙްލޫފް

17 ޖެނުއަރީ 2021 | އާދީއްތަ 05:24

ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖެނުއަރީ 2021 | އާދީއްތަ 05:24
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ފުރުސަތު ލިބުނުހާ އަވަހަކަށް އެކުވެނި ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތެއް ބޭއްވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ރަސްމީކޮށް ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅިއިރު، ސިންތެޓިކް އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ މާލީ ގޮތުން އެހީތެރިވެދީފައެވެ.

ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މިއީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް މުހިންމު ބޮޅެއް އިތުރުވެގެންދިޔަ ދުވަހެއް ކަމަށެވެ. އެގޮތުން ސިންތެޓިކް ޓްރެކަކީ ކުޅިވަރުގެ އާއިލާއަށާއި، ހާއްސަކޮށް އެތުލެޓިކްސްއަށް ވަރަށް ބޮޑަށް ފައިދާކުރާނެ ޓްރެކެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޙްލޫފް އިތުރަށް ވިދާޅުވީ ސިންތެޓިކް ޓްރެކް ތަރައްގީކުރެވުމާއެކު އެ ޓްރެކުގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވޭނެތޯ ރައީސް ތަކުރާރުކޮށް ސުވާލުކުރެއްވި ކަމަށާއި އެކަމަކު ކުރިން ވިސްނިފައި އޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެކެއް އޮތް ނަމަވެސް، އެ ތަނުގައި ބައެއް ވަސީލަތްތައް މަދުވުމުން މުބާރާތްތައް ނުބޭއްވޭނެ ކަމަށެވެ. އެކަމަކު ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެކަމުގެ ޔަގީންކަން އެތުލެޓިކްސް އެސޯސިއޭޝަނުން މިހާރު ދީފައިވާ ކަމަށާއި، އެހެންކަމުން ފުރުސަތު ލިބުނުހާ އަވަހަކަށް އެ ތަނުގައި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތެއް ބާއްވާނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ސިންތެޓިކް ޓްރެކުގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާނެ ކަމަށް މަޙްލޫފް ވިދާޅުވިއިރު، ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މީގެ ކުރިން ރާއްޖެއިން ގިނަ މުބާރާތްތަކެއް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކުރި ނަމަވެސް، ކޮވިޑް-19 އާއެކު އެ މުބާރާތްތައް ވަނީ މި އަހަރަށް ފަސްކޮށްފައެވެ. އަދި ރާއްޖެއިން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ތާރީޚީ ބިޑް ކާމިޔާބުކުރި ނަމަވެސް، ކޮވިޑާއެކު އެ ފުރުސަތު ރާއްޖެއަށް މިހާރު ވަނީ ގެއްލިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

01 ޖުލައި 2017

ރާއްޖޭގައި ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތެއް ފަށައިފި

01 ޖުލައި 2017
ރާއްޖޭގައި ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތެއް ފަށައިފި
20 އެޕްރީލު 2017

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

20 އެޕްރީލު 2017
ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް