Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެހްރޫކަޕް ބަދަލުކުރުން

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

މިމުބާރާތުގައި ދައުވަތު ދޭނީ ވަރުގަދަ ގައުމުތަކަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 4 އެޕްރީލު 2017 | އަންގާރަ 14:48
އިންޑިއާގެ ޤައުމީ ޓީމު ފޮޓޯއަކަށް އެތުރިލައިގެން

އިންޑިއާގެ ޤައުމީ ޓީމު ފޮޓޯއަކަށް އެތުރިލައިގެން

އިންޑިއާގެ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާތަކެއް އިތުރުކުރުމުގެ ވިސްނުމުގައި ބައިނަލްއަޤްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އެގައުމުން ނިންމައިފިއެވެ.

އިންޑިއާ އިން މީގެ ކުރިން އަންނަނީ ނެހްރޫ ކަޕްގެ ނަމުގައި ބައިނަލްއަޤްވާމީ މުބާރާތެއް ބާއްވަމުންނެވެ. އެ ގޮތުން 1982 ވަނަ އަހަރު ފެށި މި މުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ގައުމުތަކަށް ދައުވަތު ދެއެވެ.

އެންމެ ފުރަތަމަ އޮތް ނެހްރޫ ކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޗައިނާ ބަލިކުރުމަށް ފަހު އުރުގުއޭ އިންނެވެ. އެންމެ ފަހުން އޮތް މުބާރާތުގެ ޗެމްޕިއަން ހޯދާފައިވަނީ އިންޑިއާއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ފަހުން މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

ނެހްރޫ ކަޕްގެ ބަދަލުގައި އަލުން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޗެމްޕިއަންސް ކަޕްގައި ދުނިޔޭގެ ހަތަރު ބައްރެއްގެ ގައުމުތަކަށް ދައުވަތު ދޭނެއެވެ.

އެގޮތުން އިންޑިއާ ގައުމީ ޓީމުގެ އިތުރުން އޭޝިއާ، އެފްރިކާ އަދި އުތުރު އެމެރިކާގެ ގައުމުތަކަށް ދައުވަތު ދޭނެއެވެ. އަދި ކުރިން ގިނަ ޓީމުތައް ބައިވެރިކުރި ނަމަވެސް އަލަށް ފަށާ މުބާރާތުގައި ދައުވަތު ދޭނީ ހަތަރު ގައުމަކަށެވެ.

މިއަހަރު އޯގަސްޓު މަހު ފެށުމަށް ނިންމާފައިވާ ޗެމްޕިއަންސް ކަޕަށް ފީފާގެ ރިކޮގްނިޝަން ލިބޭނެ ކަމަށް އިންޑިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެއެވެ.

މީގެ ކުރިން އިންޑިއާގައި ބާއްވަމުން އައި ނެހްރޫ ކަޕްގައި އުރުގުއޭ، ބަލްގޭރިއާ، ކެމަރޫން، ޗައިނާ، ޕޮލަންޑް ފަދަ ގައުމުތަކުން ބައިވެރިވެފައި ވެއެވެ.

އެންމެ ފަހުން ބޭއްވި ނެހްރޫކަޕްގައި ދިވެހިރާއްޖޭން ވެސް ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު