Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަބްލް ފުޓްބޯޅަ މުބާރާތް

ރާއްޖޭގައި ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތެއް ފަށައިފި

ކޮންމެ މެޗެއް ކުރިޔަށްދާނީ 10 މިނެޓަށް

ލީވާން އަލީ
ލީވާން އަލީ | 1 ޖުލައި 2017 | ހޮނިހިރު 14:05
ރާއްޖޭގައި ކުރިޔަށްދާ ބަބްލް ބޭޝް ފުޓުބޯޅަ ޓޯނަމެންޓްގެ ތެރެއިން

ރާއްޖޭގައި ކުރިޔަށްދާ ބަބްލް ބޭޝް ފުޓުބޯޅަ ޓޯނަމެންޓްގެ ތެރެއިން

ސްރީ ލަންކާގެ އެޑިއުލިންކް އިންޓަރނޭޝަނަލް ކޮލެޖުގެ ސްޓޫޑެންޓް ޔޫނިއަނުން، އިންތިޒާމުކޮށްގެން ބާއްވާ ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތް ފަށައިފި އެވެ.

ހޮނިހިރު ދުވަހު "ބަބްލް ބޭޝް ޓޯނަމެންޓް" ގެ ނަމުގައި މުބާރާތެއް ވަނީ ފަށައިފަ އެވެ. މި މުބާރާތް ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖެހިއިރު ފަށާފައިވާއިރު، ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މިކަން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން އަލީމް ބުނީ 10 ޖަހަންދެން މުބާރާތުގެ ކުޅުން ކުރިޔަށްދާނެކަމަށެވެ.

އެގޮތުން އޭނާ ބުނީ މުބާރާތް ކުރިޔަށްދާ އިރުވެސް ޓީމުތަކަށް ރަޖިސްޓްރީކޮށްގެން ކުޅެވޭނެ ކަމަށާއި، މިހާތަނަށް 1މުބާރާތުގައި 15 އަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާ ކަމަށެވެ.

މުބާރާތުގައި ހަތް ކުޅުންތެރިންގެ ޓީމަކަށް ބައިވެރިވެވޭއިރު، ކޮންމެ މެޗެއް ކުރިޔަށްދާނީ 10 މިނެޓުގެ ވަގުތަކަށެވެ. އެހެންނަމަވެސް ފަސް މީހުންގެ ޓީމުތައްވެސް އަންނަނީ ބައިވެރިކުރަމުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މި މުބާރާތުގައި ބައިވެރިވި ޓީމެއްގެ ކުޅުންތެރިޔަކު ބުނީ މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، މީގެކުރިން އެއްވެސް ވަރަކަށް މި ކުޅިވަރު ކުޅެފައިނުވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ މިއީ ހީކުރާވަރަށްވުރެ ފަސޭހަ ކުޅިވަރެއް ކަމަށެވެ.

މި މުބާރާތުން އެއްވަނައަށްދާ ޓީމަކަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. ބަބްލް ފުޓްބޯޅައަކީ ފުޓްބޯޅަ ކުޅޭ ފަރާތްތައް ވައިޖަހާފައިވާ ބޮޑު ޕްލާސްޓިކް ބޯޅައެއްގެ ތެރެއަށް އެރި ތިބެގެން ކުޅޭ ކުޅިވަރެކެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު