Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެނި ދުވާ ޓްރެކް ހުޅުވުން

އެކުވެނި ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުވައިފި

16 ޖެނުއަރީ 2021 | ހޮނިހިރު 12:50

ޓްރެކް ހުޅުއްވައިދެއްވީ ހޮނިހިރު ދުވަހުގެ ހަވީރު ޓްރެކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޞާލިޙް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖެނުއަރީ 2021 | ހޮނިހިރު 12:50
އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ރަސްމީކޮށް އެ ޓްރެކް ހުޅުވައިފިއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ އައު އަހަރާ ދިމާކޮށެވެ. އެއާއެކު ހޮނިހިރު ދުވަހުގެ ހަވީރު ޓްރެކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޓްރެކް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޓްރެކް ހުޅުވުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެތުލެޓިކްސް ހަރަކާތްތަކާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ހަރަކާތްތަކުގެ އިތުރުން ހާއްސަ ކްރިކެޓް މެޗެއްވެސް ވަނީ ކުޅެފައެވެ. މި މެޗުގައި ރައީސް ޞާލިޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސިންތެޓިކް ޓްރެކް ހުޅުއްވާދެއްވައި ރައީސް ވިދާޅުވީ އެތަނީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން ކަމަށެވެ. އަދި އެ ތަނަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާންމުންގެ ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މިއީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް މުހިންމު ބޮޅެއް އިތުރުވެގެންދިޔަ ދުވަހެއް ކަމަށެވެ. އެގޮތުން ސިންތެޓިކް ޓްރެކަކީ ކުޅިވަރުގެ އާއިލާއަށާއި، ހާއްސަކޮށް އެތުލެޓިކްސްއަށް ވަރަށް ބޮޑަށް ފައިދާކުރާނެ ޓްރެކެއް ކަމަށްވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ރަސްމީކޮށް ޓްރެކް ހުޅުވިއިރު، އާދީއްތަ ދުވަހުން ފެށިގެން އާންމުންނަށް ޓްރެކް ބޭނުންކުރެވޭނެއެވެ. އެގޮތުން ޓްރެކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ފަތިހު ފަހަކުން ހެނދުނު އަށަކަށް، އަދި އިރުއޮއްސި ހަޔަކުން ދަންވަރު ބާރައަށެވެ. މިގޮތަށް ޓްރެކަށް ވަދެވޭ ވަކި ގަޑިތަކެއް ކަނޑައެޅީ ޓްރެކް ބެލެހެއްޓުމުގެ ކަންކަން ފަސޭހަކޮށް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. މި ޓްރެކް ތަރައްގީކުރުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެހީއެއް ވެފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކަކީ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑެކެވެ. ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އެ ދަނޑުގައި ވަނީ ކުޅެފައެއެވެ. ޑރ. މުޙައްމަދު ޒާހިރު ހުސައިން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އެކި ދަނޑުތަކުގައި ވިނަ ހެއްދުމަށް ފެށި ޕްރޮގްރާމާއެކު، ޓްރެކް ދަނޑުގައިވެސް އޭރު ވިނަ ހައްދާ ތަރައްގީކުރީ 1990 ގެ އަަހަރުތަކުގައެވެ.

މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، މީގެ ކުރިން ހުޅުމާލޭގައި ވަނީ ސިންތެޓިކް ޓްރެކެއް ގާއިމުކޮށްފައެވެ. އެއާއެކު އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި

26 ޖުލައި 2017
ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
26 ޖޫން 2017

ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

26 ޖޫން 2017
ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި
12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް