Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޫނީ ކުޅުން ހުއްޓާލުން

ފުޓްބޯޅަ ކުޅުން ހުއްޓާލައި ރޫނީ ޑާބީގެ ކޯޗަކަށް

16 ޖެނުއަރީ 2021 | ހޮނިހިރު 06:43

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރޫނީ އިއުލާންކުރީ ހޮނިހިރު ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖެނުއަރީ 2021 | ހޮނިހިރު 06:43
ޑާބީ ކައުންޓީގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވި ވޭން ރޫނީ

ޑާބީ ކައުންޓީގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވި ވޭން ރޫނީ

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުގެ މަގާމާ ރަސްމީކޮށް އިނގިރޭސި ތަރި ވޭން ރޫނީ ހަވާލުވެއްޖެއެވެ.

ޑާބީގެ ކޯޗުކަމުން މިދިޔަ ނޮވެމްބަރު މަހު ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން، ޕްލޭޔާ-ކޯޗުގެ އެއްބަސްވުމުގައި ހުރި ރޫނީ އެ ޓީމުގެ ކޯޗުުގެ ޒިންމާއާ ވަގުތީ ގޮތުން އެ މަހުގެ މެދުތެރޭގައި ހަވާލުވެފައެވެ. ރޫނީގެ އިރުޝާދުގެ ދަށުން އެ ޓީމުން ނުވަ މެޗެއް ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފައެވެ. އަދި ހަތަރު މެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.

އެއާއެކު ހޮނިހިރު ދުވަހު ރޫނީ ވަނީ ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލިކަން ނިންމިކަން އިއުލާންކޮށް، ޑާބީގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވެފައެވެ. ޑާބީން ނެރުނު ބަޔާނެއްގައި ބުނީ ރޫނީ އެ ކުލަބުގެ ކޯޗުގެ ވަޒީފާ ރަސްމީކޮށް އަދާކުރަން ނިންމުމަކީ އެ ކުލަބު ކުރިއަށްދާން، ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރޫނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގައި ޑާބީއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެވަޓަނުން 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ރޫނީ ވިދާލީ 2004 ވަނަ އަހަރުން 2017 ވަނަ އަހަރަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ޔުނައިޓެޑުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް އޮންނަ ރޫނީ ވަނީ ޔުނައިޓެޑާއެކު 16 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ޔުނައިޓެޑް ދޫކޮށްލުމަށްފަހު ރޫނީ އަލުން އަނބުރާ ގުޅުނީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި އެވަޓަންއަށެވެ. އަދި އެވަޓަނުގައި ސީޒަނެއް ހޭދަކުރުމަށްފަހު ރޫނީ ވަނީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ ޑީސީ ޔުނައިޓެޑަށްވެސް ކުޅެފައެވެ.

އަދި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމަށް 120 މެޗު ކުޅެދީ 53 ލަނޑު ކާމިޔާބުކޮށްފައިވާ ރޫނީ އަކީ އިންގްލެންޑުގެ ތާރީޚުގައިވެސް އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް