Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން މަރާލުން

ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟

ޔާމީން މަރާލީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ

ރާއްޖެ އެމްވީ | 29 އެޕްރީލު 2017 | ހޮނިހިރު 11:30
ޔާމީން ރަޝީދަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނާ ދެ މީހުން، ޔާމީން ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގެއަށް ވަންނަނީ

ޔާމީން ރަޝީދަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނާ ދެ މީހުން، ޔާމީން ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގެއަށް ވަންނަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދު މަރާލިތާ ހަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ގާތިލުންނަކީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އައްޑޫ ފޭދޫ ޗަނބޭލީގޭ، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. ޔާމީން މަރާލާފައި އޮތީ އާއިލާއާއެކު އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. މި މަރާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ އެންމެ ވާހަކައެކެވެ.

Advertisement - newsAdvertisement

މި މަހުގެ 25 ވަނަ ދުވަހު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޔާމީނު ރަޝީދުގެ ގާތިލުން ކަމަށް ތުހްމަތު ކުރެވޭ ދެ މީހެއްގެ ފޮޓޯ ފުލުހުން އާންމުކުރިއެވެ. އެ ދެމީހުންނަކީ ކޮން ބައެއްކަން ދެނެގެނެވިފައިވާ ކަމަށާއި ދެން އޮތީ އެ މީހުން ހައްޔަރުކުރުން ކަމަށް، އެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވި އެވެ.

ނަމަވެސް ހަ ދުވަސް، އަދި ގާތިލުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނިތާ ހަތަރު ދުވަސްވީ އިރުވެސް އެއީ ކޮން ބައެއްކަން ހާމަ ނުކުރެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

އޭގެ ތެރެއިން އެކެއްގެ މޫނު ވަރަށް ސާފުކޮށް އެނގެ އެވެ. ހަމަ އެކަނި އެ ފޮޓޯއިން ވެސް ފުލުހުންނަށް އެއީ ކާކުކަން ދެނެ ގަނެވޭނެ އެވެ. ފުލުހުން އެއީ ކާކުކަން ހާމަ ނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ޔާމީންގެ ގާތިލުންގެ ކަމަށް ތުހްމަތުކޮށް ފޮޓޯތައް ދަނީ ފަތުރަމުންނެވެ.

ފުލުހުން އާންމުކުރި ފޮޓޯގައި އިސް ޖަަހާލައިގެން ހުރި މީހާއަކީ ކާކަން ފުލުހުންނަށް އެނގޭ ކަމަށް ވެސް ބުނެފައިވާއިރު، މި ދެ މީހުންގެ ނަން ހާމަނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަނެއްކޮޅުން އެ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވާ އިރު އެ މީހުންގެ ނަން ހާމަނުކުރާ ނަމަ އެކަން ކުރާނީ ކޮހިނެއްތޯ އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

ޔާމީން މަރާލިތާ ހަ ދުވަސް ފާއިތުވެގެން ދިޔައިރު، ގާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިވާއިރު، އެ މީހުން ހައްޔަރުކުރިކަން ނުވަތަ ނޫން ކަން ވެސް ފުލުހުން ހާމަ ނުކޮށް އުޅެނީ ކީއްވެކަމެއް ހާމައެއް ނުކުރެ އެވެ. ދިވެހި ރައްޔިތަކުން ލާއިންސާނީ ގޮތަކަށް މަރާ އެއްލާލައިފައި އޮއްވައި ފެނުނުއިރު، އެ ގާތިލުންގެ ނަން ހާމަ ނުކޮށް ހިފަހައްޓަނީ ކީއްވެގެން ކަން ވެސް ފުލުހުން ބުނެދޭން ޖެހެ އެވެ.

ނަމަވެސް ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މި ސުވާލުތަކަށް ޖަވާބު ނުލިބޭއިރު، އިތުރު ޝައްކުތައް އުފެދޭ ގޮތަށް ކަންކަން ދަނީ ހިނގަމުންނެވެ. ޔާމީން ރަޝީދުގެ މަރުގެ ތަހްގީގުގައި އެންމެ އިސްކޮށް އުޅެމުންދިޔަ އެކަކީ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ އިސްކޮށް ހުންނެވި މުހައްމަދު ރިޔާޒެވެ. ނަމަވެސް އޭނާ ކުއްލި ގޮތަކަށް ކޮމިޝަނާޒް ބިއުރޯއަށް ބަދަލުކުރިއިރު، އެކަމުގެ ސަބަބެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހްގީގު މި ގޮތަށް ދުގު ދެމިގެންދާއިރު، ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ފަސް އަހަރު ވެގެން ދިޔަ އިރު ވެސް ހޯދިފައެއް ނުވެއެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ބައެއް ނުހޯދެ އެވެ.

ޔާމީން ވެސް މަރާލާފައި އޮއްވާ ފެނުނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތަށް ގޭގެ ސިޑި ގޮޅީގައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު