Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ ނޭމާ ޕީއެސްޖީގެ ފަރިތަކުރުންތަކަށް

ނޭމާއަށް އަނިޔާވީ މިދިޔަ ޑިސެމްބަރު މަހު ލިޔޯން އަތުން ޕީއެސްޖީ ބަލިވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2021 | އަންގާރަ 13:21
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބްރެޒިލުގެ ތަރި ނޭމާ ބައިވެރިވަނިކޮށް

ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބްރެޒިލުގެ ތަރި ނޭމާ ބައިވެރިވަނިކޮށް

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބްރެޒިލުގެ ތަރި ނޭމާ ބައިވެރިވާން ފަށައިފިއެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފްރެންޗް ލީގުގައި ލިޔޯން އަތުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވި މެޗުގައެވެ. އެ މެޗުގައި ނޭމާއަށް އަނިޔާވީ އިތުރު ވަގުތުގައި ލިޔޯނުގެ ތިއާާގޯ މެންޑޭސް ކުރި ފައުލަކާ ގުޅިގެންނެވެ. މެންޑޭސް ކުރި ފައުލާ ގުޅިގެން ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވިއިރު، އޭނާ ދަނޑުން ބާލާފައިވަނީ އަށިގަނޑުގައެވެ.

އެ އަނިޔާއާ ގުޅިގެން ނޭމާއަށް ވަނީ މިހާތަނަށް ޕީއެސްޖީން ކުޅުނު ފަސް މެޗެއް ގެއްލިފައެވެ. އެކަމަކު އެ އަނިޔާއިން ރަނގަޅުވެ ހޯމަ ދުވަހު ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ ވަނީ ބައިވެރިވެފައެވެ.

މިދިޔަ ޑިސެމްބަރު މަހު ނޭމާއަށް އަނިޔާވިއިރު، އޭނާ ވަނީ މިހާތަނަށް މި ސީޒަނުގެ ފްރެންޗް ލީގުގައި ޕީއެސްޖީއަށް ހަތް މެޗު ކުޅެދީފައެވެ. އަދި މި ހަތް މެޗުގައި ނޭމާ ވަނީ ތިން ލަނޑު ޖަހާފައެވެ.

ލިޔޯން އަތުން ޕީއެސްޖީ ބަލިވި މެޗުގައި ނޭމާއަށް އަނިޔާވިއިރު، އޭރު އެ ޓީމުގެ ކޯޗަކަށް ހުރީ ތޯމަސް ޓުޗެލްއެވެ. އެކަމަކު ޓުޗެލް ވަކިކޮށް މި މަހުގެ ތިންވަނަ ދުވަހު ޕީއެސްޖީގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ހަމަޖައްސާފައެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީން މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ޕީއެސްޖީ ވަނީ ސެއިންޓް އެޓިއެންއާ 1-1 ން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުން ޕީއެސްޖީ ވަނީ ބްރެސްޓޮއިސް އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލިލްއަށްވެސް 19 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި 19 މެޗުން 40 ޕޮއިންޓާއެކު އޮތީ ލިޔޯނެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
21 މެއި 2017

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް

21 މެއި 2017
ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް
21 މެއި 2017

އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ

21 މެއި 2017
އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު