Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ ޖޫނިއާސް ފައިވް

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް

މި މުބާރާތް ޓީނޭޖުން ކާމިޔާބުކުރީ ޕީކޭ 0-2 އިން ބަލިކޮށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 19:08
 ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދި ކުލަބު ޓީނޭޖްގެ ކުޅުންތެރިން

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދި ކުލަބު ޓީނޭޖްގެ ކުޅުންތެރިން

ރެޑްބުލް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދައި ކުލަބު ޓީނޭޖް ބުރެޒިލަށް ދިއުމުގެ ފުރުސަތު ހޯދައިފިއެވެ.

ރާއްޖޭގެ ޗެމްޕިއަންކަން ޓީނޭޖުން ހޯދީ ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ކުލަބު ޕީކޭއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޓީނޭޖުގައި ހިމެނޭ ކުޅުންތެރިން ވަނީ މީގެ ކުރިން ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ގައުމުން ބޭރަށް ދަތުރުކޮށްފައެވެ. އޭރު މި މުބާރާތް ހިންގަނީ ރެޑްބުލް ވިނިންގ ފައިވްގެ ނަމުގައެވެ.

ކްލަބު ޓީނޭޖުގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާއިލް ފާތިހް، ޔޫސުފް އުމަރު (ޔޫޗު) އާއި މުހައްމަދު ރިއްފަތު (ރިއްޕެ) އާއި އަހްމަދު އަޔާޒް(އަޔާ) އާއި ރިހާމް އަބްދުލް ޣަނީ (ބޮބީ)ގެ އިތުރުން ހުސެން ޝަރީފް (އޮންލީ) އަދި އިބްރާހިމް މުބީން (މުއްކި) އެވެ. މުއްކި އާއި ބޮބީ އަކީ ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ.

ނޭމާ ފައިވް މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޖުމްލަ ނުވަ ކޮލިފައިން ބުރެއް ބާއްވާފައިވެއެވެ. އެއީ ގދ.ތިނަދޫ، ހއ. ހޯރަފުށި، ގއ.ވިލިނގިލި، ސ.ގަން، ޏ.ފުވައްމުލަކުގެ އިތުރުން މާލޭގައި ތިން ގުރޫޕެކެވެ. ހުރިހާ ކޮލިފައިންއެއްގެ ޓީމު ތަކުގައި ކުޅެވުނު ނޭޝަނަލް ފައިނަލްސް އިއްޔެ ކުޅެފައިވަނީ މާލޭ ގައެވެ.

މުބާރާތުގައި 267 ޓީމަކުން ބައިވެރިވެފައިވާއިރު، މިމުބާރާތުގައި 1368 ކުޅުންތެރިން ކުޅެފައިވެއެވެ.

ކުލަބު ޓީނޭޖުން ބުރެޒިލަށް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހުގައެވެ. ޓީމުގެ ހުރިހާ ހަރަދެއްވެސް ދިނުމަށް ހަމަޖެހިފައިވަނީ ރެޑްބުލްއިންނެވެ.

ނޭމާ ޖޫނިއާސް ފައިވްގެ ވޯލްޑް ޗެމްޕިއަންޝިޕް ބުރެޒިލްގައި ފެށޭނީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު