Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ސްކޫލަތަކުގެ ރައްކާތެރިކަން ޔަގީން ކުރާނަން، ދަރިވަރުން ސްކޫލަށް ފޮނުވައިދެއްވާ: މިނިސްޓަރ

10 ޖެނުއަރީ 2021 | އާދީއްތަ 13:57

ސްކޫލްތައް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 10 ޖެނުއަރީ 2021 | އާދީއްތަ 13:57
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ކޮވިޑް-19އާ ގުޅިގެން 10 މަސް ދުވަހުގެ ބޮޑު ބަންދަކަށް ފަހު މިދިޔަ އަހަރު ފެށި ދިރަސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ ހުރިހާ ސްކޫލެއްގައި ވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށާއި އެކަމާ މަދު ކަންބޮޑުނުވެ ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވަން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ގޮވާލައްވައިފިއެވެ.

މިއަދު ސްކޫލްތައް ހުޅުވުމާ ގުޅިގެން މިނިސްޓަރ ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިނިސްޓަރ ވިދާޅުވީ މުޅި މާލޭގައި ކޮވިޑް-19 ފެތުރިފައިވާއިރު ސްކޫލްތަކަށް ދަރިވަރުން އެއްކޮށް ނިކުމެ ކިޔެވުމަކީ ޖެހިލުންވެދާނެ ކަމެއްކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވާފައިވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ރަނގަޅަށް އަޅާފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތުން މިދިޔަ އަހަރު ވެގެން ދިޔައީ ވަރަށް ދަތި އަހަރެއް ކަމަށެވެ. އަދި މިދިޔަ ޓާމުގައި ސްކޫލަށް ގޮސް ކިޔެވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް ދަރިވަރުންނާއި ބެލެނެވެރިން އަދި ޓީޗަރުން ގުޅިގެން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެކަމާ ވިދާޅުވީ ކޮވިށްގެ ހާލަތުން ލުއި ލިބި ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވި އިރު މި ޓާމުގައި ހުރިހާ ދަރިވަރުންނަށް ވެސް އެ ފުރުސަތުލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބުމަކީ ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އެހެންވީމާ ހުރިހާ ދަރިވަރުން ވެސް ސްކޫލަށް ފޮނުވުމަށް ބެލެނެވެރިންނަށް ވެސް އިލްތިމާސް ކުރައްވާ ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމުގެ ޒިންމާ މިނިސްޓްރީން ނަގާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ އަހަރު މާޗް މަހުގަ އެވެ. 10 މަހުގެ ދިގު ބަންދަކަށް ފަހު މިއަދު ސްކޫލްތައް ހުޅުވި އިރު ސްކޫލްތަކުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަށް ވެސް ވަނި ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ހުރިހާ ސްކޫލެއްގައި ވެސް ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭ ޕްރީ ސްކޫލްކުދިންނަށް ކިޔަވައިދެނީ ދެ ގަޑި އިރަށެވެ. އަދި ޕްރައިމަރީ އިން ފެށިގެން މަތީގެ ދަރިވަރުންނަށް ދުވާލަކު ހަތަރު ގަޑި އިރެވެ.

ސްކޫލްގައި ކިޔަވާ ކުދިންގެ ނިސްބަތުން ބަލައި ދަންފަޅިތައް ބަހާފައިވާއިރު ގިނަ ދަރިވަރުން ތިބޭ ސްކޫލްތަކުގައި ދެ ދުވަހުން އެއް ދުވަހު ދާން ޖެހޭ ގޮތަށް ވެސް ޝެޑިއުލްތައް އޮވެ އެވެ. ނަމަވެސް އެގޮތަށް ޝެޑިއުލް އޮންނަ ސްކޫލްތަކުގައި ސްކޫލަށް ނުދާ ދުވަސްތަކުގައި އޮންލައިން ކްލާސް ނަގައިދޭން ޖެހެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް