Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ މުވައްޒަފުންގެ އާމްދަނީ

ފަތުރުވެރިކަމުގެ ރަންޔޫބީލް ރަންޔޫބީލަކަށް ވާނީ މުވައްޒަފުންނަށް ހިނުތުންވުން ލިބިގެން - މިނިސްޓަރ މައުސޫމް

9 ޖެނުއަރީ 2021 | ހޮނިހިރު 08:19

އަމާޒަކީ އިތުރު ތަންތަން ހުޅުވައި މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖެނުއަރީ 2021 | ހޮނިހިރު 08:19
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ހަރަކާތްތެރިވަނީ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ހަރަކާތްތެރިވަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރަންޔޫބީލް ރަންޔޫބީލުގެ ގޮތުގައި ފާހަގަކުރެވޭނީ މުވައްޒަފުންނަށް ހިނިތުންވުން ލިބިގެން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު ހިއްސާދާރުންނަކީ އެސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި ސިނާއަތުގެ ރަންޔޫބީލް ފާހަގަކުރާއިރު، މުވައްޒަފުންގެ ހިނުތުންވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރާއިރު، ރަން އަހަރަކަށް ވެގެންދާނީ ސިނާއަތުގެ މުވައްޒަފުންނަށް ހިނިތުންވުން ލިބިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މިކަމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށާއި މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެން އޮތީ އިތުރު ތަންތަން ހަދައި އިތުރު ތަންތަން ހުޅުވިގެން ކަމަށާއި އަމާޒަކީ މިގޮތަށް ތަންތަން ހުޅުވައި މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި މިހާރު ތިބި ތަންތަނުން މުވައްޒަފުންނަށް ކުރިއެރުންތައް ހޯދައި ދިނުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަޒީފާއެއް އަދާކުރެވޭނީ އެވަޒީފާއަކުން ލިބޭ އާމްދަނީން ދިރިއުޅެވިގެން ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވަނީ ލިބޭ އާމްދަނީން ހަރަދުތައް ކުރުމަށްފަހު މަސް ނިމޭއިރު، އަތުގައި އެއްޗެއް އޮންނަން ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަދަ އާމްދަނީއެއް ލިބޭނީ އެވަރު އާމްދަނީ ލިބޭ ވަޒީފާތަކަށް ދިވެހިން މިސްރާބު ޖަހައިގެން ކަމަށާއި މިކަން ހާސިލްކުރުމަށް ދިވެހިން އަދާކުރާހިތްވާ ބޮޑެތި ވަޒީފާތައް ދިވެހިންނަށް ލިބެން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ވަޒީފާތަކަށް ގާބިލު އަދި ކުޅަދާނަ ދިވެހިން އެބަތިބި ކަމަށާއި އެފަރާތްތަކަށް އެމަގު ފަހި ކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ވަޒީފާތަކަށް ވާވަރަށް ދިވެހިން ނެތް ކަމަށާއި އެހެން ކަމުން މި މައްސަލަ ހައްލުވާނީ ދަށް މުސާރަ ލިބޭ ވަޒީފާތަކުގައި ތިބޭނީ ބިދޭސީން ކަމަށާއި މަތީ ވަޒީފާތަކުގައި ނުވަތަ ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގައި ތިބޭނީ ދިވެހިންކަމަށް ހެދުމުންކަމަށެވެ.

ރިިސޯޓް މުވައްޒަފެއްގެ މުސާރައަކީ އެމުވައްޒަފުންނަށް ލިބޭ އާމްދަނީގެ އެއް ބައި ކަމަށާއި ޓިޕް އަދި ސާވިސް ޗާޖަކީ ތަނުގެ ވިޔަފާރިއާއި ގުޅިފައި ހުރި އެއްޗެއް ކަމުން ރިސޯޓުތަކުގެ އޮކުއިޕެންސީ އިތުރުވާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ބޭސިކް ތަމްރީނުތަކުން ފެށިގެން އެޑްވާންސް ލެވެލްގެ ތަމްރީނުތައް ދޭނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް