Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަޕޫރުގެ ބޮޑުވަޒީރު ވެކްސިން ޖެއްސެވުން

ސިންގަޕޫރުގެ ބޮޑުވަޒީރު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

8 ޖެނުއަރީ 2021 | ހުކުރު 06:56

ފުރަތަމަ ދުވަހުގެ ތެރޭގައި ފުރަންޓްލައިނުގައި ހަރަކާތްތެރިވާ 90 ފަރާތަކަށް ވެކްސިން ޖަހާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖެނުއަރީ 2021 | ހުކުރު 06:56
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެންގ ލޫންގް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަނީ

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެންގ ލޫންގް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވަނީ

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެންގ ލޫންގް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެންގ ލޫންގް ކޮވިޑް-19 ވެކްސިން ފުރަތަމަ ޑޯޒް ޖަައްސެވީ ހުކުރު ދުވަހުއެވެ. ބޮޑުވަޒީރު ޖެއްސެވީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯއެންޓެކް އިން ކޮވިޑް-19އަށް އުފެއްދި ފައިޒަރ-ބަޔޮންޓެކް ވެކްސިނެވެ.

Advertisement - newsAdvertisement

ބޮޑުވަޒީރު ލީ ސެންގ ކޮވިޑް-19ގެ ވެކްސިން ޖަހާފައިވަނީ ހުކުރު ދުވަހު، ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވެކްސިން ޖެހުމަށްފަހު، ބޮޑުވަޒީރު ލީ ސެންގ ވިދާޅުވެފައިވަނީ، ސިއްހީ ދާއިރާގެ ހިދްމަތްތެރިންނާއި ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުވެ، ވެކްސިން ޖެހުމުގެ މަސައްކަތް ފެށުނީތީ އުފާކުރައްވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ހެނދުނު ވެކްސިން ޖެހުމަށްފަހު، 30 މިނިޓް ވަންދެން އެތަނުގައި މަޑުކުރައްވައި، ބޮޑުވަޒީރު ލީ ސެންގ ވިދާޅުވެފައިވަނީ، ވެކްސިން ޖެހުމުގެ ސަބަބުން ނޭދެވޭ އެއްވެސް ކަމެއް ނުވާކަމަށެވެ. އަދި ވިދާޅުވީ، ވެކްސިން ކާޑު ލިބި، ތިން ހަފްތާފަހުން ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓްވެސް ލިބިފައިވާ ކަމަށެވެ. ވެކްސިން ޖެހުމަކީ ވޭންއަޅާ ކަމެއް ނޫންކަމަށާއި މިކަމަކީ ކޮވިޑް-19އަށް ރައްކާތެރިވުމަށް ކޮންމެހެން ޖަހަންޖެހޭ އަދި މުހިއްމު ވެކްސިނެއް ކަމަށްވެސް ބޮޑުވަޒީރު ލީ ސެންގ ވިދާޅުވެފައިވެއެވެ.

ސިންގަޕޫރުގައި ކޮވިޑް-19ގެ ވެކްސިން ޖަހަންފެށި، ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުން މައުލޫމާތު ހާމަކޮށްފައިވާގޮތުގައި ހުކުރު ދުވަހު، ހޮސްޕިޓަލުތަކާއި ކްލިނިކްތައް އަދި ސިއްހީ ދާއިރާގައި ހަރަކާތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހުކުރު ދުވަހު 90 ފަރާތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެއެވެ.

ކޮވިޑް-19އަށް ރައްކާތެރިވުމުގެ ގޮތުން، ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ގައުމުތަކުގެ ލީޑަރުން ގެންދަނީ، އެގައުމުގައި ގައުމީ ފެންވަރުގައިވެސް ހިންގަވަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގެ ވެރިން މީޑިއާ ކުރިމަތީގައި ވެކްސިން ޖައްސަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

އެގޮތުން، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާއިރު، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ކޮވިޑް-19ގެ ވެކްސިން ޖައްސަވައިފައެވެ.

ކޮވިޑް-19ގެ ވެކްސިނަށް އޮތް ޑިމާންޑް ބޮޑުވެ، ވެކްސިން ހޯދުމުގެ މަސައްކަތް ގައުމުތަކުން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

01 ފެބުރުއަރީ 2017
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް