Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގައި ޑި ބްރޭނާ މަޑުކުރުން

ސިޓީގައި ޑި ބްރޭނާ މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް: ގާޑިއޯލާ

6 ޖެނުއަރީ 2021 | ބުދަ 13:20

ސިޓީން ވަނީ ޑީ ބްރޭނާއަށް އިތުރު ފަސް އަހަރުގެ އެއްބަސްވުމެއް ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖެނުއަރީ 2021 | ބުދަ 13:20
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީއާއެކު އުމުރުން 29 އަހަރުގެ މިޑްފީލްޑަރު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސިޓީން މިހާރު ވަނީ އިތުރު ފަސް އަހަރުގެ އެއްބަސްވުމެއް ޑި ބްރޭނާއަށް ހުށަހަޅާފައެވެ.

އެކަމަކު އެ އެއްބަސްވުން އާކުރުމަށް ޑި ބްރޭނާ ދެކޮޅު ހަދާފައިވާއިރު، އެކަމަށް އޭނާ ދެކޮޅު ހަދަނީ އައު އެއްބަސްވުމުގައިވާ ގޮތުން މިހާރު ލިބޭ މުސާރައަށްވުރެ ކުޑަ މުސާރައެއް ހުށަހަޅާފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިހާރު އޮތް އެއްބަސްވުމުގެ ދަށުން ޑި ބްރޭނާއަށް ހަފުތާއެކު 280،000 (ދެ ލައްކަ އަށްޑިހަ ހާސް) ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ސިޓީގެ އެއްބަސްވުން އާކުރަން ޑި ބްރޭނާ ދެކޮޅު ހެދި ނަމަވެސް، ދާދި ފަހުން ގާޑިއޯލާ ބުނީ ސިޓީގައި ޑި ބްރޭނާ މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު ޑި ބްރޭނާގެ އެއްބަސްވުމުގައި ޖެހިގެން އުޅޭ މައްސަލައެއް އަދި ސާފުނުވާ ކަމަށާއި، އެހެންނަމަވެސް އެއްބަސްވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ދޭތެރޭ ފާޑުކިޔުމުގެ ބަދަލުގައި އެކަމަށް އިޙުތިރާމުކުރާނެ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ސިޓީން ޑި ބްރޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ޑި ބްރޭނާ ވަނީ ސިޓީގެ އެއްބަސްވުމާ ގުޅޭ ގޮތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށް ބުނެފައެވެ. އެކަމަކު ސިޓީގައި އޭނާ ހުރީ އުފަލުން ކަމަށާއި، ސިޓީން ބޭނުންވާނަމަ ކުލަބުގައި މަޑުކުރާނެ ކަމަށްވެސް ޑި ބްރޭނާ ވަނީ ބުނެފައެވެ.

ސިޓީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ޑި ބްރޭނާ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރު ވުލްފްސްބާގް ދޫކޮށް 55 މިލިޔަން ޕައުންޑަށެވެ. އޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 240 މެޗުގައި 60 ލަނޑު ޖަހާފައެވެ. އަދި ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2018

ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އެބައޮތް، އެހީތެރިކަން ބޭނުން: ސެގެޓް

14 މާރިޗު 2018
ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އެބައޮތް، އެހީތެރިކަން ބޭނުން: ސެގެޓް
21 ނޮވެމްބަރު 2017

ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން

21 ނޮވެމްބަރު 2017
ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން
19 އޮކްޓޯބަރު 2017

އެވަޓަންގެ ބޯޑުގެ ފުރިހަމަ ތާއީދު އެބައޮތް: ކޮއެމަން

19 އޮކްޓޯބަރު 2017
އެވަޓަންގެ ބޯޑުގެ ފުރިހަމަ ތާއީދު އެބައޮތް: ކޮއެމަން
12 އޮކްޓޯބަރު 2017

ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: މެސީ

12 އޮކްޓޯބަރު 2017
ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: މެސީ
26 ސެޕްޓެމްބަރު 2017

ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް: ޒިދާން

26 ސެޕްޓެމްބަރު 2017
ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް: ޒިދާން
30 ޖުލައި 2017

"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ

30 ޖުލައި 2017
"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ
25 ޖުލައި 2017

ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި

25 ޖުލައި 2017
ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި
02 ޖޫން 2017

އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި

02 ޖޫން 2017
އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް