Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަން އިން އައްޑޫ

"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ

މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޯގަސްޓް އެއްވަނަ ދުވަހު ހުޅުވާލާނެ

ލީވާން އަލީ
ލީވާން އަލީ | 30 ޖުލައި 2017 | އާދީއްތަ 09:56
ރަން އިން އައްޑޫ ލޯންޗުކުރުން

ރަން އިން އައްޑޫ ލޯންޗުކުރުން

"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ޖުމްލަ ހަތަރު ކެޓަގަރީއެއް ހިމެނޭ މި ދުވުމުގައި ފުރަތަމަ ކުރިޔަށްދާނީ މެރަތަން އެވެ. މެރަތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ކަނބިހާ މަގުންނެވެ. މެރަތަން ރޭސް ނިމޭނެކަމަށް ލަފާކުރެވެނީ ފަސް ގަޑިއިރާ 20 މިނެޓުންނެވެ. އެގޮތުން ދުވުންތެރިންނަށް ރޭސް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 10:10 ގައެވެ. މި ރޭހުގައި 42.2 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެއެވެ.

ދެވަނަ ރޭހަކަށް ފަށާނީ ހާފް މެރަތަން އެވެ. މި ރޭސް ފަށާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 06:45 ގައެވެ. މި ރޭހުގައި 21.1 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރަންޖެހޭނެ އެވެ.

ތިންވަނަ ރޭހަކަށް ފަށާނީ 10 ކިލޯމީޓަރު ރޭހެވެ. މި ރޭސް ފަށާނީ ހިތަދޫ ލިންކްރޯޑުން 07:45 ގައެވެ. މި ދުވުމުގެ ފަހު ރޭހަކީ ފަސް ކިލޯ މީޓަރު ރޭހެވެ. މި ރޭސް ހިތަދޫ އެޅެދީދީ މަގުން 08:45 ގައި ފަށާނެއެވެ. މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރަށެވެ.

މި ރޭސްތައް ކުރިޔަށްދާ ރޫޓުތަކުގެ ކޮންމެ ދެ ކިލޯ މީޓަރަކުން ފަސްޓްއެއިޑް ސްޓޭޝަން ވަނީ ގާއިމުކޮށްފައެވެ. ފަސްޓްއެއިޑްގެ ގޮތުން އެހީތެރިވާނީ މޯލްޑިވްސް ރެޑްކްރޮސެންޓުން ކަމަށާއި، ރޭސްތައް ކުރިޔަށްދާއިރު، އައްޑޫގެ ފުލުހުން ސަލާމަތީ ގޮތުން ހަރަކާތްތެރިވާނެ ކަމަށް މިކަންތައް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި އިވެންޓް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، މި ރޭސްތަކުގައި އެންމެ ބޮޑަށް ބެލީ އައްޑޫ ލިންކްރޯޑްތަކުގައި ކުރިޔަށް ގެންދިޔުމުގެ އިތުރުން އައްޑޫގެ ރީތިކަން ފެންނަކަހަލަ ދެތިން މަގެއްގައިވެސް ކުރިޔަށް ގެންދިޔުން ކަމަށާއި، ރޭސްތައް އެކި ތަންތަނުން ފަށަން ނިންމީ އައްޑޫގެ ރީތިކަން ބޮޑަށް ދެއްކޭނެ ގޮތަކަށް ކަމަށެވެ.

މި އިވެންޓާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އިވެންޓް ޓޫރިޒަމް އަކީ ރާއްޖެއިން ފެންނަ ފަތުރުވެރިކަމާ މުޅިން ތަފާތު ފަތުރުވެރިކަމެއް ކަމަށާއި، އެކަންތައް އައްޑޫއިން ދެއްކިދާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ޓީއެފްޖީގެ މި އިވެންޓް ވެގެންދާނީ އައްޑޫގެ ތަރައްގީގެ ތަސައްވަރަށް ވަރަށް މުހިންމު އިވެންޓަކަށް ކަމަށެވެ.

މި އިވެންޓަށް އައްޑޫ ސިޓީ ކައުންސިލުންވެސް އަންނަނީ ދެމުންނެވެ. އެގޮތުން އެ ފަރާތުން އައްޑޫ ސިޓީގެ ރީތިކަން ދުވުންތެރިންނަށް ދައްކާލުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޯގަސްޓް އެއްވަނަ ދުވަހު ހުޅުވާލާނެއެވެ. އެގޮތުން ގޮޓްރޭސްޑޮޓްކޮމް މެދުވެރިކޮށް ރޭހުގައި ބައިވެރިވޭނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. ގޮޓްރޭސް ޓޮޓްކޮމް ކުންފުންޏަކީ މި އިވެންޓުގެ އޮފިޝަލް ޓައިމިން ޓެކްނޮލޮޖީ ޕާޓްނާ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު