Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: މެސީ

މިވަގުތު ސްކޮޑުގައި ތިބި ކުޅުންތެރިންނަށްޓަކާ ވެސް އެ ގައުމަށް ވޯލްޑްކަޕުން ޖާގައެއް ހައްގު ކަމަށް މެސީ ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:45
އިކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ

އިކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ޖާގައެއް އެންމެ ފަހު ކޮލިފައިން މެޗާއި ހަމަޔަށް ދިޔައިރުވެސް ޔަގީން ނުވެ އޮތް އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވީ އެންމެ ފަހު މެޗުގައި ގައުމުން ބޭރުގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި އާޖެންޓީނާއިން ޖެހި ތިން ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މެސީއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ އާޖެންޓީނާ ވޯލްޑް ކަޕުން ނުފެނިދާނެ ކަމުގެ ބިރު އޮތް ކަމަށާއި އަދި މިނިޓެއް ނުވަނީސް އިކުއެޑޯއިން ލަނޑެއް ޖެހުމުން ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. އެހެނަސް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެއް އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެ މެޗުން މޮޅުވެ ވޯލްޑްކަޕުން ޖާގައެއް ކަށަވަރުވުން ކަމަށް މެސީ ބުނެފައިވެއެވެ. އަދި އާޖެންޓީނާ ވޯލްޑް ކަޕުން ނުފެނުން ވެގެން ދާނީ ވަރަށް ހިތްދަތި ކަމަކަށް ކަމަށާއި މިވަގުތު އެ ޓީމުގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށްޓަކާ ވެސް އެ ގައުމަށް ވޯލްޑްކަޕުން ޖާގައެއް ހައްގު ކަމަށް މެސީ ބުނެފައިވެއެވެ.

ހަމައެހެންމެ މެސީ ބުނެފައިވަނީ ޖެހިޖެހިގެން ބޮޑު ތިން ބައިނަލްލަގަވާމީ މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވުމުން ގިނަ ފާޑު ކިޔުންތަކާ އަމާޒުވި ކަމަށާއި ވޯލްޑްކަޕުން ޖާގައެއް ހޯދުން ވެގެން ދިޔައީ ސްކޮޑުގައި ގިނަ ދުވަސްވީ ކުޅުންތެރިންނަށް ވަރަށް މުހިންމު ކަމަކަށް ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރު ނުވާން ނިންމި ނިންމުމުގެ ސަބަބުން ސްކޮޑު ތެރޭގައި އެކުވެރިކަން އާލާވެ އެއް ބަޔަކު އަނެއް ބަޔަކަށް ރަނގަޅަށް އެނގެން ފުރުސަތު ލިބުނު ކަމަށްވެސް މެސީ ބުނެފައިވެއެވެ.

ވޯލްޑް ކަޕާއި ބެހޭގޮތުން މެސީ ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި އޭގެ ފަހުން ކުޅުނު ދެ ކޮޕާ އެމެރިކާގެ ފައިނަލުންވެސް ބަލިވީ ބަދު ނަސީބުން ކަމަށާއި އެއީ އިންސާފު ނޫން ކަމަށެވެ. އަދިވެސް ހުރިހާ މީހުންގެ ފާޑުކިޔުންތަކަށް ރައްދު ދީ ރަޝިއާގައި ތަށި އުފުލާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މެސީ ބުނެފައިވެއެވެ. އަދި ކޮލިފައިންގައި އުނދަގޫ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުމަކީ ޓީމެއްގެ ގޮތުގައި ކުރިއެރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ތައްޔާރުވެވިއްޖެ ނަމަ އަދިވެސް ވޯލްޑްކަޕްގެ ތަށި ލިބޭނެ ކަމަށްވެސް މެސީ ބުނެފައިވެއެވެ.

ބާސެލޯނާ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދި ނަމަވެސް ގައުމީ ޓީމާއެކު ކާމިޔާބު ނުހޯދޭތީ މެސީއަށް ގިނަ ފާޑުކިޔުންތަށް އަމާޒުވެއެވެ. އެހެނަސް އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދައިދިނުމާއެކު ގިނަ ބަޔަކު އަންނަނީ މެސީއަށް ތައުރީފް ކުރަމުންނެވެ. މިއީ ފީފާ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ އެ މުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ 12 ވަނަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު