Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެވަޓަން

އެވަޓަންގެ ބޯޑުގެ ފުރިހަމަ ތާއީދު އެބައޮތް: ކޮއެމަން

19 އޮކްޓޯބަރު 2017 | ބުރާސްފަތި 01:30

ކްލަބުގެ އިސްވެރިން ވަނީ މިދިޔަ ހަފްތާގައި ޓްރެއިނިންގ ދަނޑަށް ޒިޔާރަތްކޮށް، ކޮއެމަން އާއި ވާހަކަ ދައްކާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 01:30
އެވަޓަންގެ ކޯޗު ރޮނަލްޑް ކޮއެމަން: އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން އެވަޓަން ނިންމާލީ ތާވަލްގެ ހަތްވަނަ މަގާމުގައި އޮވެގެން

އެވަޓަންގެ ކޯޗު ރޮނަލްޑް ކޮއެމަން: އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން އެވަޓަން ނިންމާލީ ތާވަލްގެ ހަތްވަނަ މަގާމުގައި އޮވެގެން

މިސީޒަނުގައި ދަށް ފެށުމެއް ލިބުނު ނަމަވެސް، ކްލަބުގެ ބޯޑުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އެވަޓަންގެ ކޯޗު ރޮނަލްޑް ކޮއެމަން ބުނެފި އެވެ.

މިސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް ކުޅުންތެރިން ގަތުމަށް 100 މިލިއަން ޕައުންޑު ޚަރަދުކުރި އެވަޓަން އޮތީ، ރެލިގޭޝަން ޒޯނާއި ގާތުގައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ކޮންމެ ޓީމެއްވެސް އަށް މެޗު ކުޅެފައިވާއިރު، އެވަޓަން އޮތީ އަށް ޕޮއިންޓާއެކު ލީގު ތާވަލްގެ 16 ވަނާގައެވެ. ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗު އެއްވަރުވިއިރު، ހަތަރު މެޗުން އެވަޓަން ވަނީ ބަލިވެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެކްލަބުގެ މެޖޯރިޓީ ހިއްސާދާރު ފަރްހާދު މޮޝީރީ އަދި ޗެއަރމަން ބިލް ކެންރައިޓް ވަނީ އެވަޓަންގެ ޓްރެއިނިންގ ދަނޑު، ފިންޗް ފާރމް އަށް ޒިޔާރަތްކޮށް، ކޮއެމަން އާއި ވާހަކަ ދައްކާފައެވެ.

މޮޝީރީ އަދި ކެންރައިޓްގެ އެ ޒިޔާރަތާއި ގުޅޭ ގޮތުން ކޮއެމަން ބުނީ، އެ ބައްދަލުވުމުގައި ދެކެވުނީ ފުޓްބޯޅައިގެ ވާހަކަ ކަމަށެވެ.

އަދި އެއީ ކްލަބުގެ މެނޭޖްމަންޓުން ދިން މެސެޖެއް ކަމަށް ނުބެލެވޭ ކަމަށާއި، އޭގެ ބަދަލުގައި އެޒިޔާރަތުން އިހުސާސް ކުރެވުނީ ޓީމުގެ ފަހަތުގައި، އަދި ކޯޗުގެ ފަހަތުގައި މެނޭޖްމަންޓް އޮތް ކަން ކަމަށް ކޮއެމަން ބުންޏެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެވަޓަންގެ ކޯޗުގެ މަގާމާއި ކޮއެމަން ހަވާލުވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ކޮއެމަން ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ހަތްވަނަ އަށް އެވަޓަން ގެންގޮސްދީފައެވެ.

ކޮއެމަން ބުނީ ފުޓްބޯޅާގައި އަބަދުވެސް އެންމެ ފަހު ވަގުތު މުހިންމު ވާނީ ނަތީޖާ ކަމަށާއި، މިވަގުތާއި ހަމަޔަށް އޭނާ އަށް ކްލަބުގެ ބޯޑުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.

އެވަޓަން އަށް ވުރެ ދެ ޕޮއިންޓް މަދުން ލިބިގެން ރެލިގޭޝަން ޒޯނުގައި އޮތް ލެސްޓާ ސިޓީގެ ކޯޗު ކްރެއިގް ޝޭކްސްޕިއަރ ވަނީ އަންގާރަ ދުވަހު މަގާމުން ވަކިކޮށްފައެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮއެމަން ބުނީ، ފުޓްބޯޅައިގައި ކޯޗެއްގެ ވަޒީފާ އަކީ އެންމެ އުނދަގޫ ވަޒީފާކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، ސަބަބަކީ ހާލަތު އަވަސް އަވަހަށް ބަދަލުވުން ކަމަށެވެ.

އަދި ގިނަ ފަހަރު ކޯޗަކަށް ޓީމް ރަނގަޅު ކުރަން ވަގުތު ނުލިބޭ ކަމަށާއި، އެއީ ފުޓްބޯޅަ ކަމަށާއި، ކޯޗުންނަށް އެކަން އުނދަގޫވި ނަމަވެސް، އެއީ ވަޒީފާގެ ބައެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

އެވަޓަން އެންމެ ފަހުން ކުޅެފައިވަނީ އާދީއްތަ ދުވަހުގެރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗު ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

އެވަޓަން އަށް ކުރިއަށް އޮތީ ޔުއޭފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ފްރާންސްގެ ލިޔޯން އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ. ޔޫރޮޕާ ލީގު ގްރޫޕް އީގައި ކުޅުނު ދެމެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުނުވެ، އެވަޓަން އޮތީ ގްރޫޕްގެ ފުލުގައެވެ.

ލިޔޯން އާދެކޮޅަށް ކުޅޭ މެޗަށްފަހު ދެން އޮތީ ޕްރިމިއަރ ލީގުގައި އާސެނަލް އާއި ދެކޮޅަށް ކުޅެން ޖެހެ މެޗާއި، ލެސްޓާ އާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މީގެ އިތުރުން މިދެމެޗުގެ ދޭތެރޭގައި ކަރާބޯ ކަޕް ނުވަތަ އިނގިރޭސި ފުޓްބޯޅަ ލީގް ކަޕްގައި ޗެލްސީ އާއި ދެކޮޅަށް އެވަޓަން ނުކުންނަން ޖެހޭނެ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި

17 މެއި 2017
ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި
13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް