Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިނޯފަރމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިސްރުން

ސިނޯފަރމްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިސްރުން ދީފި

ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހުގެ ފަހުކޮޅު ފަށާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2021 | އާދީއްތަ 17:20
ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމުގެ މަސައްކަތްކުރަނީ

ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމުގެ މަސައްކަތްކުރަނީ

ޗައިނާގެ ސިނޯފަރމް އިން ކޮވިޑް-19ށް އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިސްރުން ދީފިއެވެ.

މިސްރުގެ ހެލްތު މިނިސްޓަރ ހާލާ ޒައިދު ވިދާޅުވީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހުގެ ފަހުކޮޅު ފަށާނެކަމަށެވެ.

މިވެކްސިން ބޭނުންކުރުމުގެ ހުއްދަ މިސްރުގެ ފަރމަސޫޓިކަލް އޮތޯރިޓީން ދީފައިވަނީ ހޮނިހިރު ދުވަހުއެވެ. މިވެކްސިންގެ ފުރަތަމަ ބެޗް މިސްރަށް ގެނެސްފައިވަނީ މިދިޔަ މަހުއެވެ. މިވެކްސިންގެ ދެވަނަ އަދި ތިން ވަނަ ޝިޕްމަންޓް ޖެނުއަރީ މަހުގެ ދެވަނަ ނުވަތަ ތިން ވަނަ ހަފްތާގައި މިސްރަށް އައުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއާއެކު ވެކްސިންދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއިން ކޮންމެ ބެޗެއްގައި 50،000 ޑޯޒް ހިމެނެއެވެ. ސިނޯފަރމް ވެކްސިންގެ 40 މިލިއަން ޑޯޒް މިސްރުން ގަންނާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނި އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ސިއްހީ މަސައްކަތްތެރިން ހިމެނޭކަމަށެވެ.

އަރަބި ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ މިސްރުގައި މިހާތަނަށް 140،000 މީހުންނަށް ވައިރަސް ޖެހިފައިވައިރު 7،800 މީހުން ވަނީ މަރުވެފައެވެ.

މިދިޔަ އަހަރު ފަހުކޮޅު މިސްރުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ކުރިން ދުވާލެއްގެ މައްޗަށް 100 އެއް ހާ މީހުންނަށް ކޮވިޑް ޖެހެމުން އައިނަމަވެސް އޮކްޓޯބަރ މަހާ ހިސާބުން ދުވާލެއްގެ މައްޗަށް އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ 1400ށް އަރާފައެވެ.

ސިނޯފަރމްގެ މިވެކްސިން އަކީ 79 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށް ސިނޯފަރމް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެސްޓްރަޒެނިކާގެ ވެކްސިން މިސްރަށް ޖެނުއަރީ މަހުގެ ތިން ވަނަ ނުވަތަ ހަތަރު ވަނަ ހަފްތާގައި ލިބޭނެކަމަށް މިސްރުގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަނެއްކޮޅުން ފައިޒަރގެ ވެކްސިން މިސްރަށް ހޯދުމަށްޓަކައި އެކުންފުންޏާއެކު ވާހަކަދައްކަމުން އަންނަކަމަށް މިސްރުން ބުނެއެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
20 ސެޕްޓެމްބަރު 2017

ފަލަސްތީނުން އިޒްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުން ގޮވާލައިފި

20 ސެޕްޓެމްބަރު 2017
ފަލަސްތީނުން އިޒްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު