Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާގެ ކޮރަޕްޝަން

ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ

ފީފާގެ ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އާޖެންޓީނާގެ ހޯސޭ ޑެލްހޯން ވަނީ އަމިއްލައަށް މަރުވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ނޮވެމްބަރު 2017 | ބުދަ 18:13
ފީފާގެ މައި އޮފީސް - އެ އިދާރާ އާ ގުޅުން އޮތް އެތަކެއް އޮފިޝަލުންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި

ފީފާގެ މައި އޮފީސް - އެ އިދާރާ އާ ގުޅުން އޮތް އެތަކެއް އޮފިޝަލުންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ހިންގި ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އިސް އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެއެވެ.

ފީފާގެ ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އާޖެންޓީނާގެ ހޯސޭ ޑެލްހޯން ވަނީ އާޖެންޓީނާގެ ވެރިކަން ކުރާ ރަށް ކަމަށްވާ ބުއެނޯސް އެރީސްގެ ރަށް ބޭރު ސަރަހައްދެއްގެ ރޭލެއް ދަށުވެ އަމިއްލައަށް މަރުވެފައެވެ. އާޖެންޓީނާގެ ފުލުހުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ނިއު ޔޯކްގައި މިހާރު ކުރިޔަށްދާ ފީފާގެ ކޮރަޕްޝަން މައްސަލައިގެ ޝަރީއަތުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އާޖެންޓީނާގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ މާކެޓިން އެގްޒެކްޓިވްއެއް ކަމަށްވާ އަލެހަންދްރޯ ބްރަޒާކޯ ބުނެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ކޮންމެ އަހަރަކު ޑެލްހޯންއަށް ފަސް ލައްކަ ޑޮލަރު ދީފައިވާ ކަމަށެވެ.

އެގޮތުން މުޅި ޖުމްލަ ދެ މިލިއަން ޑޮލަރު އޭނާއަށް ދީފައިވާ ކަމަށާއި މި ފައިސާއަކީ ފުޓްބޯޅަ މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނާޖާއިޒު ގޮތުގައި ހޯދުމަށް ޑެލްހޯންއަށް ދިން ފައިސާ ކަމަށް ބްރަޒާކޯ ވަނީ ޝަރީއަތުގައި ބުނެފައެވެ. އޭނާ އާއި ދެކޮޅަށް ހެކިބަސް ދިންތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އަމިއްލައަށް މަރުވެފައެވެ. ޑެލްހޯން އޭރު މަސައްކަތް ކުރަމުންދިޔައީ އާޖެންޓީނާގެ ސަރުކާރުގެ ޕްރޮގްރާމެއްގެ ވަކީލެއްގެ ގޮތުންނެވެ.

ޑެލްހޯންގެ އިތުރުން ބްރެޒިލްގެ ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ހޯސޭ މާރިއާ މަރިން އާއި ފީފާގެ ކުރީގެ ނައިބު ރައީސް ހުއާން އެންހެލް ނަޕޯޓްގެ އިތުރުން ޕެރޫގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މެނުއެލް ބްރާގާއަށް ވެސް ވަނީ މި ތުހުމަތުތައް ކުރިމަތިވެފައެވެ. އެގޮތުން ދެކުނު އެމެރިކާގެ ގައުމުތަކުގައި ބާއްވާ ބޮޑެތި ފުޓްބޯޅަ މުބާރާތުގެ ކޮންޓްރެކްޓްތައް ކުންފުނިތަކައް ދޭގޮތަށް، އެ ކުންފުނިތަކުން މި އޮފިޝަލުން ރިޝްވަތުގެ ފައިސާ ނަގާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެހެނަސް ހުރިހާ އޮފިޝަލުން ވެސް ވަނީ މި ތުހުމަތުތަކައް އިންކާރުކޮށްފައެވެ.

ނިއު ޔޯކުގައި މިހާރު ކުރިޔަށްދާ ޝަރީއަތް ފަސް ހަފްތާއަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވޭއިރު ޕްރޮސެކިއުޓަރުން ވަނީ އެތައް ބައެއްގެ ހެކި ބަސް ނަގާފައެވެ. ހަމައެހެންމެ 350000 ސަފްހާގެ ހެކި ވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ. ފީފާގެ މި ބޮޑު ކޮރަޕްޝަންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2018

ޕްރިމިއާ ލީގު: ޔުނައިޓެޑްގެ ދަނޑުގައި ސިޓީއަށް ތަށި ޔަގީން ނުކުރެވުނު

08 އެޕްރީލު 2018
ޕްރިމިއާ ލީގު: ޔުނައިޓެޑްގެ ދަނޑުގައި ސިޓީއަށް ތަށި ޔަގީން ނުކުރެވުނު
28 ޑިސެމްބަރު 2017

ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް

28 ޑިސެމްބަރު 2017
ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް
23 އޮކްޓޯބަރު 2017

މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް

23 އޮކްޓޯބަރު 2017
މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް
18 އޮކްޓޯބަރު 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

18 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް
18 އޯގަސްޓު 2017

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި

18 އޯގަސްޓު 2017
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި
27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
20 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

20 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި
28 އެޕްރީލު 2017

މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ

28 އެޕްރީލު 2017
މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު