Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޫސްވެރިން މަރާލުން

މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 50 ނޫސްވެރިން މަރާލި

މިއަހަރުތެރޭގައި 387 ނޫސްވެރިން ވަނީ ޖަލަށްލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2020 | އަންގާރަ 17:19
އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދިޔަ މަލާލީގެ ޖަނާޒާގެ ތެރެއިން

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދިޔަ މަލާލީގެ ޖަނާޒާގެ ތެރެއިން

ނޫސްވެރިންނާއި މީޑިޔާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިއަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި 50 މީހުން މަރާލާފައިވާކަމަށް ރިޕޯޓާރސް ވިތައުޓް ބޯރޑަރސް އިން ބުނެފިއެވެ.

ރިޕޯޓާރސް ވިތައުޓް ބޯރޑަރސް އިން އަންނަނީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި މީޑިޔާގައި މަސައްކަތްކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރާއި ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތައް އަންގައިދޭ ރިޕޯޓެއް ނެރެމުންނެވެ. މިދިޔަ އަހަރު އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު މަރާލާފައިވަނީ 53 ނޫސްވެރިންނެވެ.

މިއަހަރު ގިނަ ނޫސްވެރިން މަރާލާފައިވަނީ ހަނގުރާމަ ހިނގަމުންދާ ތަންތަނުގައި ނޫންކަމަށް ރިޕޯޓާރސް ވިތައުޓް ބޯރޑަރސް އިން ބުނެއެވެ.

މިއަހަރު މަރާލި ގިނަ ނޫސްވެރިންނަކީ އިންވެސްޓިގޭޓިވް ޖަރނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަން ކުރުމުގެ ތެރޭގައި މަރާލި ނޫސްވެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ކޮރަޕްޝަނާއި ބޮޑެތި ކުށްތަކާއި ތިމާވެއްޓާއި ގުޅޭ އެކިކަންކަމުގައި ރިޕޯޓްކުރުމުގެ މަސައްކަތްކުރަމުންދިޔަ ނޫސްވެރިން ކަމަށް ރިޕޯޓާރސް ވިތައުޓް ބޯރޑަރސް އިން ބުނެއެވެ.

ރިޕޯޓާރސް ވިތައުޓް ބޯރޑަރސް އިން ބުނެފައިވަނީ މަރާލާފައިވާ މީހުންގެ ތެރެއިން 84 އިންސައްތަ މީހުންނަކީ އެމީހުން ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ޓަރގެޓްކޮށްގެން މަރާލާފައިވާ މީހުންކަމަށެވެ. 2019 ވަނަ އަހަރު މިގޮތަށް ޓަރގެޓް ކޮށްގެން މަރާލާފައިވަނީ 63 އިންސައްތަ ނޫސްވެރިންނެވެ.

"އަހަރުމެންނަށް އެތައް އަހަރެއްގެ ރިޕޯޓްތަކުން ފާހަގަވަނީ އިންވެސްޓިގޭޓިވް ޖަރނަލިސްޓުންނަށް ސަރުކާރުންނާއި އެކި ފަރާތްތަކުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން. " އާރުއެސްއެފްގެ އެޑިޓަރ އިން ޗީފް ވިދާޅުވިއެވެ.

މިއަހަރު އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ މެކްސިކޯގައެވެ. އެއީ 8 ނޫސްވެރިންނެވެ. އެއަށްފަހު އިރާގު، އަފްޣާނިސްތާން، އިންޑިޔާ އަދި ޕާކިސްތާނުގައެވެ.

"ޑްރަގް ޓްރެފިކް ކުރާ މީހުންނާއި ސިޔާސީ މީހުންނާ ދެމެދުގައި އޮންނަ ގުޅުންތައް ގެނެސްދިނުމަށް މަސައްކަތްކުރާ ނޫސްވެރިން މަރާލުމުގެ ކަންކަން ރޭވިގެން ކުރިޔަށްއެބަދޭ.' އެޑިޓަރ އިން ޗީފް ވިދާޅުވިއެވެ.

މިހާތަނަށް މެކްސިކޯގައި މަރާލާފައިވާ އެއްވެސް ނޫސްވެރިއަކަށް އިންސާފު ލިބިފައެއްނުވެއެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރު ކުރުމަށް މަސައްކަތްކުރާ ނޫސްވެރިންގެ ތެރެއިން 5 ނޫސްވެރިއަކު ވަނީ މިއަހަރު މަރާލާފައެވެ.

އިރާނުގެ އިދިކޮޅު ލީޑަރ ރޫހުﷲ ޒަމް ހިންގަމުން އަންނަ ސޯޝަލް މީޑިޔާ ޗެނަލްގެ ސަބަބުން އޭނާ ވަނީ ޑިސެމްބަރ މަހު މަރާލާފައެވެ. މިއާއެކު އިރާނު ވެގެންގޮސްފައިވަނީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި ރަސްމީކޮށް އެންމެ ގިނަ ނޫސްވެރިން މަރާލާފައިވާ ގައުމަށްކަމަށް ރިޕޯޓާސް ވިތައުޓް ބޯރޑަރސް އިން ބުނެއެވެ.

މީގެއިތުރުން މިފަހަކުން ގައުމުތަކުގައި ހިނގަމުންދާ ބޮޑެތި މުޒާހަރާތައް ކަވަރުކުރުމުގައި މަސައްކަތްކުރާ ނޫސްވެރިންގެ ފުރާނައަށް އަންނަނީ ނުރައްކާވަމުން ކަމަށް ރިޕޯޓާސް ވިތައުޓް ބޯރޑަރސްއިން ބުނެއެވެ. އެގޮތުން މުޒާހަރާތައް ކަވަރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް 7 ނޫސްވެރިއަކު މިއަހަރު ވަނީ މަރާލާފައެވެ.

ވަކިން ޚާއްސަކޮށް މިއަހަރު އެމެރިކާގައި ޖޯރޖް ފްލޮއިޑް މަރާލި މައްސަލާގައި ކުރިޔަށްދިޔަ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ނޫސްވެރިންނާއި ފްރާންސްގައި އައު ސެކިޔުރިޓީ ޤާނޫނާއި ގުޅިގެން ކުރިޔަށްދިޔަ މުޒާހަރާތައް ވަނީ އެޖަމިއްޔާއިން ފާހަގަކޮށްފައެވެ.

މިމަހުގެ ކުރީކޮޅު އެޖަމިއްޔާއިން ވަނީ މިރިޕޯޓްގެ ފުރަތަމަ ބައި ނެރެފައެވެ. އެބައިގައި އެޖަމިއްޔާއިން ވަނީ ކޮވިޑް-19 ޕެންޑަމިކާއި ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ގައުމުތަކުގެ ސަރުކާރުން ހުރަސް އަޅަމުން އަންނަކަމަށް ބުނެފައެވެ.

މިއަހަރުތެރޭގައި 387 ނޫސްވެރިން ވަނީ ޖަލަށްލާފައެވެ. މިއީ ތާރީޚަށް ބަލާއިރު ރިކޯޑް އަދަދެއްކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މީގެތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅޭގޮތުން ގެނެސްދެމުންދިޔަ ޚަބަރުތަކުގެ ސަބަބުންނެވެ. އަނެއްކޮޅުން ހޯމަ ދުވަހު ޗައިނާއިން ވަނީ ވުހާންގެ ހާލަތު ގެނެސްދިނުމަށް ސިޓިޒަން ޖަރނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ޖާންގ ޒަން ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެެވެ.

ޗައިނާގެ ސަރުކާރުން ވަނީ މިހާތަނަށް އައިއިރު ކޮރޯނާވައިރަސް އާއި ގުޅިގެން މައުލޫމާތުތައް ހާމަކުރުމަށް ވިސްލްބްލޯވަރސްގެ ގޮތުގައި މަސައްކަތްކުރި 8 މީހަކަށް އެކަމުގެ އަދަބުދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ނޫސްވެރިންނެއް މަރުވެފައިވާއިރު މީގެތެރެއިން މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ވައިރަސް ޖެހިގެން މަރުވެފައިވާ މީހުން ދެނެގަނެވިފައިނުވާކަމަށް ރިޕޯޓާސް ވިތައުޓް ބޯރޑަރސް އިން ބުނެއެވެ.

ޖަލުތަކުގައި ތިއްބާ ވައިރަސް ޖެހި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ތިން ގައުމެއްގެ ޖަލުތަކުގައި ތިން ނޫސްވެރިއަކު ވަނީ މަރުވެފައެވެ. އެއީ މިސްރާއި ރަޝިޔާ އަދި ސައުދީ އަރަބިއްޔާގައެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

"ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"

23 އޯގަސްޓު 2017
 "ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
30 ޖޫން 2017

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު