Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްލައްކަ ޑޮލަރު ލިބުނު އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މައްޗަށް 4 ދައުވާއެއް!

28 ޑިސެމްބަރު 2020 | ހޯމަ 13:21

އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މައުލޫމާތު ދިންކަމުގެ ތުހުމަތު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޑިސެމްބަރު 2020 | ހޯމަ 13:21
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ): އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަމުގެ ތުހުމަތު އެކޮމިޝަނުގައި ކުރިން މަސައްކަތް ކުރި ބައެއްފަރާތްތަކަށް ކުރަމުންދިޔަ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ): އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަމުގެ ތުހުމަތު އެކޮމިޝަނުގައި ކުރިން މަސައްކަތް ކުރި ބައެއްފަރާތްތަކަށް ކުރަމުންދިޔަ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 (އެއްލައްކަ) ޑޮލަރު ލިބުނު ކަމަށް ތުހުމަތު ކުރެވޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހޯމަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އާޒިމްއަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 100،000 ޑޮލަރު ލިބުނު މައްސަލަ ފުލުހުންގެ އިދާރާއިންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ޕީޖީގެ އޮފީހަށް ހުށަހެޅުމުން، އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކުރުމަށް މި ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، 12 އޮކްޓޯބަރު 2011އިން 14 އޭޕްރީލް 2016އަށް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރިއިރު، އެކޮމިޝަނުން އާޒިމް އިސްކޮށްހުރެ، ތަހުގީގުކުރަމުންދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަން މައްސަލައާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އަދި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މައުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީ އެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ވެސް، 2 ޖޫން 2015 ވަނަ ދުވަހު އާޒިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 50،000 ޑޮލަރުގެ މުއާމަލާތާ ގުޅިގެންނެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ތިންވަނަ އަދި ހަތަރުވަނަ ދައުވާއަކީ ވެސް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެކެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ވެސް، އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މައުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، އިތުރު 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް ބީއެމްއެލްގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓަށް 15 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި އަދި އެފައިސާއިން އިތުރު މުއާމަލާތްތަކެއް ހިންގާފައިވާތީއެވެ.

އާޒިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދެ ދައުވާއާ ގުޅިގެން އޭނާގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކުރި 100،000 ޑޮލަރު، ދައުލަތަށް ނަގައިދިނުމަށްވެސް އެ ދެ ދައުވާގައި އެދިފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް