Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީމްގެ މައްސަލަ

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

ކޯޓުން ވަނީ ޕީޕީއެމްގެ ނަމާއި ލޯގޯ ބޭނުން ނުކުރަން އަންގާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 އެޕްރީލު 2017 | ބުރާސްފަތި 11:49
އަބްދުލް އަލީމު

އަބްދުލް އަލީމު

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމް ކޯޓުގެ ހުރުމަތް ކަނޑެމުގެ ކުށުގައި 85 ހާސް ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެގޮތަކަށް ހުކުމްކޮށްފައިވާ އިރު ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން އޭނާގެ ގެ ބަލާ ފާސްކޮށްފައި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކޮށްފައިވަނިކޮށް، އެހުކުމުގެ ބާރު ނަފީކޮށް އެހުކުމަށް ބަލައި ކިޔަމަންވެ ތަބާވެފައި ނުވާ ކަން ޝަރީއަތަށް އެނގޭ ކަމަށެވެ. އަދި ހުކުމަށް ގޮންޖަހައި ހުކުމާ ހިލާފުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމިޓީއެއްގެ ހަރަކާތްތައް ހިންގުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލީމު، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ޕާޓީގެ ދެމެންބަރުން ވަކިކޮށްފައިވާ ކަން ވައިބަރ ގްރޫޕުތަކަށް ފޮނުވައި މީޑީޔާތަކަށް ޚަބަރުދީފައިވާ ކަން ހުށަހެޅިފައިވާ ލިޔުންތަކާއި ޕީޕީއެމްގެ ވާހަކައިންނާއި އަލީމުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ)ގެ، ދެ ވަނަ ނަންބަރުގެ ދަށުން އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ފުލުހުން މީގެ ކުރިން އަލީމުގެ ފޯނު ވެސް އަތުލާފައި އެވެ. އަލީމްގެ ފޯނު ހޯދުމަށް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅޭ ގޮތުން ނެގުމަށް ތައްޔާރުވަމުންދިޔަ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށައަޅަމުންދާކަމުގެ މައުލޫމާތު ލިބިފައި ވާތީ، އަލީމްގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ ތަފްސީލުގެ އިތުރުން ފޯނާއި، ސިމްކާޑުތަކާއި، މެމޮރީކާޑާއި، އެއާގުޅޭ އިލެކްޓްރޯނިކް ސާމާނު، ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަލީމްގެ މައްޗަށް މި ހުކުމް ކޮށްފައި މި ވަނީ ޕީޕީއެމްގެ ލޯގޯ އާއި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު