Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ކޮވިޑް-19 އަށް ކުރާ ހަރަދު

ކޮވިޑް-19 އަށް ކުރި ހަރަދު 2.8 ބިލިއަނަށް

23 ޑިސެމްބަރު 2020 | ބުދަ 07:41

ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ހަރަދުކޮށްފައި ވަނީ 1,398.5 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޑިސެމްބަރު 2020 | ބުދަ 07:41
ސިއްހީ ހިދުމަތްތެރިން މާލޭގައި ހަރަކާތްތެރިވަނީ

ސިއްހީ ހިދުމަތްތެރިން މާލޭގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 އާއި ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 2,761.1 މިލިއަނަށް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޑިސެމްބަރ 17 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1,398.5 މިލިއަން ރުފިޔާ އާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1,362.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައިވާ އިރު، އެއިދާރާއިން އެކަނިވެސް 871.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅިގެން 86.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 246.5 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީ އިން ވަނީ 37.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޖެންޑަރ މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 3.6 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން 3.3 މިލިއަން ރުފިޔާއެވެ.

އެމްއެންޑީއެފް އިން 42.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން ހަރަދުކޮށްފައި ވަނީ 24.4 މިލިއަން ރުފިޔާ އެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިން 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ހަރަދުކޮށްފައި ވަނީ 29 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް 555.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓް އަށް 198.7 މިލިއަން ރުފިުޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ހަރަދުކޮށްފައި ވަނީ 166.7 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އަށް ސަރުކާރުން ކުރި ހަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ހޭދަކޮށްފައި ވަނީ 120.3 މިލިއަން ރުފިޔާ އެވެ. ސަޕްލައިސް އަދި ރިކުއިސިޓްސް އަށް 92.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 83.7 މިލިއަން ރުފިޔާއެވެ.

ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 182 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 909.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 568.7 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 341.2 މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖޫން 2018

ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑު އޮޅުން ބޮޅުން ގަނޑެއް!

07 ޖޫން 2018
ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑު އޮޅުން ބޮޅުން ގަނޑެއް!
07 އެޕްރީލު 2018

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 2 ބިލިއަނަށް ތިރިވާނެ: ރިޔާޒު ރަޝީދު

07 އެޕްރީލު 2018
މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 2 ބިލިއަނަށް ތިރިވާނެ: ރިޔާޒު ރަޝީދު
12 ނޮވެމްބަރު 2017

ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި

12 ނޮވެމްބަރު 2017
ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި
29 އޮކްޓޯބަރު 2017

ޕީޕީއެމް އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރަނީ ސަރުކާރުން ކަމަށް އިންތި ތުހުމަތު ކުރައްވައިފި

29 އޮކްޓޯބަރު 2017
ޕީޕީއެމް އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރަނީ ސަރުކާރުން ކަމަށް އިންތި ތުހުމަތު ކުރައްވައިފި
12 އޮކްޓޯބަރު 2017

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

12 އޮކްޓޯބަރު 2017
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން
02 އޯގަސްޓު 2017

ޖޫން މަހުގެ އާމްދަނީ އަށް ކުރި ހަރަދު އިތުރު!

02 އޯގަސްޓު 2017
ޖޫން މަހުގެ އާމްދަނީ އަށް ކުރި ހަރަދު އިތުރު!
12 ޖުލައި 2017

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް