Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑު އޮޅުން ބޮޅުން ގަނޑެއް!

7 ޖޫން 2018 | ބުރާސްފަތި 12:05

ހަރަދުތަކުގައި މުޅި ޖުމްލަ 187 މިލިއަން ރުފިޔާގެ ފަރަގު އުޅޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 7 ޖޫން 2018 | ބުރާސްފަތި 12:05
ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ

ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ

ހެލްތު މިނިސްޓްރީގެ ހަރަދުތަކުގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔެންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވައުޗަރ ރަޖިސްޓްރީތަކުގެ ޖުމްލަ ހަރަދަށް ވުރެ ފަބްލިކް އެކައުންޓިންގ ސިސްޓަމުން ދައްކާ އަދަދު، 187 މިލިއަން ރުފިޔާ އިތުރުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އަދަދުތައް ރީކޮންސައިލްކޮށްފައި ނުވާތީ އެހާ ބޮޑު ފަރަގެއް އައިސްފައި ވަނީ ކިހިނެތްތޯ ބެލިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

މި އަދަދުތަކަށް ބަލާ އިރު ޖެނެރަލް ލެޖަރގައި ހެލްތު މިނިސްޓްރީއަށް 239 މިލިއަން ރުފިޔާ ޖަހާފައިވާ އިރު ވައުޗަރ ރަޖިސްޓްރީގައި ޖަހާފައި ވަނީ 191 މިލިއަން ރުފިޔާއެވެ. މިއީ 48 މިލިއަން ރުފިޔާގެ ފަރަގެކެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ޖެނެރަލް ލެޖަރގައި 467 މިލިއަން ރުފިޔާ ޖަހާފައިވާ އިރު ވައުޗަރ ރަޖިސްޓްރީގައި ޖަހާފައި ވަނީ 342 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޖެނެރަލް ލެޖަރގައި 1.8 ބިލިއަން ރުފިޔާ ޖަހާފައިވާ އިރު 14 މިލިއަން ރުފިޔާ ވައުޗަރ ރަޖިސްޓްރީން މަދުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ފައިސާ ހަރަދުކުރުމުގެ ވައުޗަރ ނިޒާމުގެ ތެރޭގައި ހަރަދު ވައުޗަރގެ ރަޖިސްޓްރީއެއް ބަލަހައްޓަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައި ވީ ނަމަވެސް ހެލްތު މިނިސްޓްރީގެ ވައުޗަރ ރަޖިސްޓްރީގައި ފުރިހަމައަށް މި މައުލޫމާތު ހިމަނާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން ގިނަ ކެޕިޓަލް ހަރަދުތައް ވެސް ވައުޗަރގައި ހިމަނާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ޏ. އަތޮޅު ހޮސްޕިޓަލުން އެ ހޮސްޕިޓަލްތަކަށް ބަލައިގަންނަ އާމްދަނީ ފައިސާ އާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފޮނުވާ ފައިސާ ޖަމާކުރާ އެކައުންޓްގެ އެކައުންޓް ބާކީ އާއި އައިޓަމް ބާކީ ވެސް ބަލަހައްޓަމުން ނުދާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން 31 ޑިސެމްބަރު 2015 ގެ ނިއަލަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެކައުންޓްގައި ޖުމްލަ 335،327ރ. އާއި ޏ. އަތޮޅު ހޮސްޕިޓަލުގެ އެކައުންޓްގައި 213،441ރ. ހުރި އިރު އެ ހޮސްޕިޓަލްތަކުން އެ ފައިސާގެ ތަފްސީލު ބެލެހެއްޓިފައިނުވާ ކަން ވަނީ ފާހަގަކޮށްފައެވެ. ޏ. އަތޮޅު ހޮސްޕިޓަލުގެ އެކައުންޓަށް 2015 ވަނަ އަހަރު ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 36،434ރ. ގެ ތަފްސީލު ވެސް ހޯދިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް