Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރު ރިޔާޒު ރަޝީދު

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 2 ބިލިއަނަށް ތިރިވާނެ: ރިޔާޒު ރަޝީދު

މިދިއަ އަހަރު ނިމުނުއިރު ހުރީ 43 ބިލިއަން ރުފިޔާގެ ދަރަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 11:56
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިިޔާޒު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިިޔާޒު ރަޝީދު

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ދެ ބިލިއަން ނުވަތަ ތިން ބިލިއަނަށް ތިރިވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ 2018ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ލ. އަތޮޅުގައި ބޭއްވި "މިތިބޫ ރައީސް ޔާމީނާ އެކު" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދަތި އުދަނގޫ ކަންތައްގަނޑެއްގެ ތެރޭގައި ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ވެސް 29 ބިލިއަން ރުފިޔާގެ ދަރަންޏާ އެކު ކަމަށެވެ.

Advertisement - newsAdvertisement

މިއަހަރު ދައުލަތުގެ ދަރަނި ދެ ބިލިއަނަށް ކުޑަ ވެގެންދާނެ ކަމަށް ރިޔާޒު ވިދޅުވިއިރު، ސަރުކާރުން ހުށަހެޅި އަދި ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި މިއަހަރު ނިމޭއިރު 49 ބިލިއަން ރުފިޔާއަށް ދަރަނި އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ދައުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު ހުރި ދަރަނީގެ މިންވަރު 43 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ދައުލަތުގެ ބަޖެޓްގައި ފާހަގަކޮށްފައި ވެއެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު މިގައުމު އޮތީ ވަރަށް ބޮޑު ދަތި އުނދަގޫ ކަންތައްގަނޑެއްގެ ތެރޭގައި. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 29 ބިލިއަން ރުފިޔާގެ ދަރަންޏާ އެކު. އެހެން ނަމަވެސް މިއަދު ކިހިނެއްތޯ. އަޅުގަނޑުމެންގެ ބަޖެޓް އަރަނި ބަޖެޓަކަށް ހެދުމަށްޓަކައި އެމަނިކުފާނު އެކުރައްވާ މަސައްކަތުގެ ތެރެއިން މިއަަހަރު ނިމޭއިރު، 2 ބިލިއަނާއި 3 ބިލިއަނާ ދޭތެރޭގެ އަދަދަކަށް ދައުލަތުގެ ދަރަނި ކުޑަވެގެންދާނެ،" ރިޔާޒު ވިދާޅުވިއެވެ.

އެއީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ކުރެއްވި ކަމެއް ކަމަށް ރިޔާޒު ވިދާޅުވިއިރު، ދައުލަތުގެ ބަޖެޓް ފޮތުގައި އޮތް އެއްޗެއް ރިޔާޒަށް އެނގިވަޑައިގަންވާ ކަމާ މެދު ސުވާލު އުފެދެއެވެ.

ދައުލަތުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒު ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ފިނޭންސް މިނިސްޓްރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ އެއްޗެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓްތަކަށް މަޖިލީހުން މާބޮޑު ބަދަލުތަކެއް ގެނެސްފައެއް ވެސް ނުވެއެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އެކަނި ވެސް ދައުލަތުގެ ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމޭއިރު ދައުލަތުގެ ދަރަނީ 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އެއީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެކަނި ވެސް ދައުލަތުގެ ދަރަނި 20 ބިލިއަން ރުފިޔާއަށް އެރުމެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ލޯންތައް ނަގައިގެން މަޝްރޫތައް ހިންގަމުންދާއިރު، އެ މަޝްރޫއުތައް ހިންގުމުގައި ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު