Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބު

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

ފައިސާގެ ތަފްސީލް މީޑިޔާއަށްވެސް ހަމާ ކޮށްދެވިދާނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ޖުލައި 2017 | ބުދަ 17:48
އަހްމަދު އަދީބު މި ސަރުކާރުގެ އިސް ބޭފުޅުންނާއެކު

އަހްމަދު އަދީބު މި ސަރުކާރުގެ އިސް ބޭފުޅުންނާއެކު

މި ސަރުކާރު އުފެއްދުމަށާއި ދެމެހެއްޓުމަށް ވިޔަފާރިވެރިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބުނު ކަމަށާއި އެ ފައިސާ ހަރަދު ކުރެއްވީ ރައީސް އަބްދުﷲ ޔާމިން އެންގެވި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކަށް އެކި ފަރާތްތަކުން ހަވާލު ދެއްވި ފައިސާ އަދީބުއާ ހަވާލު ކުރެއްވި ނަމަވެސް ހަރަދު ކުރެއްވި ގޮތް ކުރީގެ ނައިބު ރައީސް އަދިބުއާ ކަމަށް ވިދާޅުވެ ރައީސް ޔާމިން ވާހަކަފުޅު ދެއްވިތާ 24 ގަޑިއިރު ނުވަނީ އަދީބު ނެރުއްވި ބަޔާނެއްގަ އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ރޭ އަދީބު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މި ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ފައިސާގެ އެހީ ހަރަދުކުރި ގޮތުގެ ތަފްސީލް ރައީސް ޔާމިނަށް ހިއްސާ ކުރައްވައި އޭގެ ނަތީޖާވެސް ދައްކަވާފައިވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ހޯދައި، ބޭއްވުނު އެންމެހާ އިންތިހާބުތަކުން ސަރުކާރަށް ކާމިޔާބީ ހޯދަ ދީފައިވާނެ ކަމަށް އަދީބު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ހަސިއްޔަތުން ޕީޕީއެމް އިން ހިންގަމުންދިޔަ ބޮޑެތި އިވެންޓްތަކަށް ހަރަދު ކުރަމުންދިޔައީ ( ރައީސް ޔާމިން ) އެ ވިދާޅުވާ ސިޔާސީ ގޮތުން ލިބުނު ފައިސާއިން ކަމަށް ވެސް ރައީސް ޔާމިނަށް ރައްދުދެއްވާ އަދީބު ވަނީ ވިދާޅުވެފަ އެވެ. އެއިން އެއްވެސް މިންވަރެއް އޭނާގެ އަމިއްލަ ބޭނުމަށް ނުބަހައްޓަވާ ކަމަށާއި އޭރު ޕާޓީއަށް ލިބެމުންދިޔަ ފައިސާ މިހާރުވެސް ލިބެމުންދާ ކަމަށް ފާހަގަކޮށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ކޮންޓްރޯލް ގެއްލި، އިންތިހާބުތަކުގައި ބޮޑުތަނުން ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވަނީ ސިޔާސީ ގޮތުން ބާރުވެރިވުމަށް ވިޔަފާރިވެރިން ރައީސް ޔާމިންގެ ސަރުކާރަށް ދެމުންގެންދާ ފައިސާ ސިޔާސީ މަސައްކަތައް ބޭނުން ނުކުރުމުން ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމިން އެދިވަޑައިގަންނަވާނަމަ ސިޔާސީ ގޮތުން ލިބިފައިވާ ފައިސާތަކުގެ އަދަދު ތަކާއި ހަރަދުތަކާއި ހަރަދުކުރެވިފައިވާ ގޮތުގެ ތަފްސީލް މީޑީޔާ މެދުވެރިކޮށް ފޮނުވިދާނެ ކަމަށްވެސް އަދީބު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް ފޮނުވޭނީ ދައުލަތުން ގެއްލިފައިވާ ފައިސާ ދައުލަތަށް ދެއްކުމުން ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވާއިރު އެ ފައިސާ އަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އެއްޗެއް ނޫން ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އަދީބު ފޮނުވޭނީ އެ މަނިކުފާނުގެ އަތްޕުޅުގައި "ނެތް ފައިސާއެއް" ދެއްވުމުން ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވަނީ ބޭސްފަރުވާއަށް ފޮނުއްވުމުގެ އެއްވެސް ސަބަބެއް ނެތުމުން ކަމަށް އަދީބު ނެރުއްވި ހަތަރު ސަފްހާގެ ބަޔާނުގައިވެ އެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު