Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ 2019ގެ އޮޑިޓް ރިޕޯޓް

ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކޮށްފައެއްނުވޭ: އޮޑިޓް ރިޕޯޓް

21 ޑިސެމްބަރު 2020 | ހޯމަ 08:00

އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 3,204,320ރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ޑިސެމްބަރު 2020 | ހޯމަ 08:00
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން -  އެކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނަރަލް ވަނީ ފާހަގަ ކުރައްވާފައި

ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން - އެކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނަރަލް ވަނީ ފާހަގަ ކުރައްވާފައި

މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ބްރޯޑްކޮމްގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބްރޯޑްކޮމް އިން އަމަލުކޮށްފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން، އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 3,204,320ރ (ތިން މިލިއަން ދެލައްކަ ހަތަރު ހާސް ތިން ސަތޭކަ ވިހި ރުފިޔާ) ހޯދުމަށް އެފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހުވެސް ފައިސާ ދައްކާފައި ނުވިނަމަވެސް، ދައުލަތުގެ މާލިއްޔަތުގައި ވާގޮތަށް ފައިސާހޯދުމުގެ މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 1,090,600ރ (އެއް މިލިއަން ނުވަދިހަ ހާސް ހަ ސަތޭކަ ރުފިޔާ)ވެއެވެ. އެގޮތުން، އެފައިސާ ހޯދުމަށް، 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލިޔުން ފޮނުވާފައިވީނަމަވެސް، އެ މުއްދަތު ފާއިތުވިއިރު ފައިސާ ދައްކާފައި ނުވިނަމަވެސް، ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށް ހަނދާންކޮށްދީ ލިޔުން ފޮނުވާފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި 28 ފެބްރުވަރީ 2010 އާ ހަމައަށް ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވެ، އެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭނެ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ބްރޯޑްކޮމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާއި، ފުރުޞަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮޑިޓަރ ޖެނަރަލްވަނީ ބްރޯޑްކޮމްއަށް ދަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް