Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީގަލްސް އާއި ޓީސީގެ މެޗު

އީގަލްސްގައި އަނިޔާގެ މައްސަލަތައް ގިނަ: މޯހަން

20 ޑިސެމްބަރު 2020 | އާދީއްތަ 07:53

ފުރަތަމަ މެޗުތަކުން އީގަލްސް އާއި ޓީސީވެސް ވަނީ ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 20 ޑިސެމްބަރު 2020 | އާދީއްތަ 07:53
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްގައި އަނިޔާގެ މައްސަލަތައް ގިނަ ކަމަށާއި، އެކަމަކުވެސް ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ރަނގަޅު ފައިޓެއްދީ ތިން ޕޮއިންޓް ހޯދުމަށް ކަމަށް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗަށްފަހު އީގަލްސްގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ހުރީ އަނިޔާގައެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 ން އީގަލްސް ބަލިވި މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. އަދި ލީގުގައި ޓީސީއާ ދެކޮޅަށްވެސް އީގަލްސް ނުކުންނާނީ ރިޒޭ ނުލައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ސަސްގެ މެޗަށްފަހު ރަނގަޅު ފަރިތަކުރުންތަކެއް އަދި ކުރެވިފައިނުވާ ކަމަށާއި، ބައެއް ކުޅުންތެރިން އަނިޔާގައި ތިބިއިރު، އަނެއްބައި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން އަދިވެސް ނުފިލާ ކަމަށެވެ.

އަދި އީގަލްސްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަޖުރިބާކާރު ކުޅުންތެރިން މަދުވުން ކަމަށާއި، ލިމިޓެޑް ސްކޮޑަކާއެކު އޭއެފްސީ ކަޕަށް ދާއިރު އަނިޔާގެ މައްސަލައެއް ނެތި ދާން ބޭނުންވާ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ލީގުގެ މެޗުތަކާ ކުރިމަތިލާއިރު ކުޅުންތެރިންނަށް އަނިޔާވުމުގެ ބިރު އޮންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މޯހަން އިތުރަށް ބުނީ އީގަލްސްގެ ކުޅުންތެރިންނާ މެދު އިތުބާރު ބޮޑު ކަމަށާއި، ކުރިއަށް އޮތް މެޗުގައި ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި މެޗަކީ ކުޅި ބެލުންތެރިން ބަލާ ހިތްވާފަދަ ރީތި ފުޓްބޯޅަ މެޗަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

އީގަލްސް މެޗުގެ ކުރިން ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗަށް ޓީސީން ނުކުންނައިރު ފުރަތަމަ މެޗުގެ ނަތީޖާއާ މެދު ނުވިސްނާނެ ކަމަށާއި، ލީގުގައި މާޒިޔާ އަދި ވެލެންސިއާ ނަގާފައި ދެން ހުރި ޓީމުތަކަކީ ހަމަހަމަ ޓީމުތަކެއް ކަމަށެވެ. އެހެންކަމުން މި މެޗަކީ ވާދަވެރި މެޗަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުންޏެޗވެ.

ޝާޒްލީ ބުނީ ޓީސީގައި ޒުވާން ސްކޮޑެއް އޮތުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި، ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ނެތުން އެއީ މިކަހަލަ މެޗަކަށް ނުކުންނައިރު އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އީގަލްސްއަކީ މިފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގައި ނަން ކިޔޭނެ ޓީމެއް ކަމަށާއި، އީގަލްސްގައި އެއްކޮށް ގިނަ މެޗުތަކެއް ކުޅެފައި ތިބި ކުޅުންތެރިންތަކެއް ތިބުމުން އެޓީމުގެ ވަރުގަދަކަން އިތުރު ކަމަށްވެސް ބުންޏެވެ. އަދި މިހުރިހާ ކަމަކާއެކުވެސް ޓީސީން މި މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ލީގުގެ ދެވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ޓީސީން ނުކުންނައިރު، އެ ޓީމު ވަނީ ފުރަތަމަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން 3-0 ން ބަލިވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް