Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒްގެ ޝަރީއަތް

ރިޔާޒްގެ ޝަރީއަތް: ފުލުހަކު ތަހުގީގަށް ދިން ބަޔާން އަމިއްލައަށް ދޮގު ކޮށްފި!

ހަތަރު ފުލުހުންގެ ހެކިބަހުގައި ފުށު އެރުންތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 22:15
ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރުވެ، ރިޔާޒް ކޯޓުގައި

ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރުވެ، ރިޔާޒް ކޯޓުގައި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ހެކި ބަސް ދިން ފުލުހަކު ތަހުގީގަށް ދިން ބަޔާނުގައި ހުރި މައުލޫމާތުތަކެއް ދޮގު ކޮށްފި އެވެ.

ކިނބިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މާޗް މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ލޮކް ކޯޑް ހަވާލުކުރުމަށް އެދުމުން އެކަން ކުރުމަށް ދެކޮޅު ހަދާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

ރިޔާޒުގެ ޝަރީއަތް، ކުރިން ހަމައެކަނި ގާޒީ އަހުމަދު ޝަކީލް ބެއްލެވި ނަމަވެސް، ބުދަ ދުވަހާ ހަމައިން ތިން ގާޒީންގެ ބެންޗަކުން ވަނީ މައްސަލައާ ހަވާލުވެވަޑައިގެންފަ އެވެ. އެގޮތުން ބެންޗުގެ ރިޔާސަތުގައި ގާޒީ ޝަކީލް އިންނަވާއިރު، ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ އާދަމް އާރިފް އާއި ގާޒީ އަލީ އާދަމް އެވެ.

އެ ދައުވާގެ ޝަރީއަތުގައި ބުދަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ވަނީ، ރިޔާޒުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިންގެ ހެކި ބަސް ނަގާ ނިންމާލާފަ އެވެ. އެ ހަތަރު ހެކިންނަކީ ކޯޓް އަމުރުގެ ދަށުން ރިޔާޒްގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ދިޔަ ދެ ފުލުހުންނާއި، ރިޔާޒުގެ މައްސަލަ ތަހުގީގު ކުރާ ޓީމުގައި ހިމެނޭ ދެ ފުލުހެކެވެ.

ބުދަ ދުވަހުގެ މެންދުރު 3:00 އަށް ތާވަލުކުރި އަޑުއެހުން ނިންމާލާފައިވަނީ ރޭގަނޑު 8:50 ހާއިރު އެވެ. މެދުތެރެއިން ގަޑިއެއްހާއިރުގެ ބްރޭކެއް ވެސް ނެގި އެވެ.

އަޑުއެހުމުގައި ހެކި ބަސް ދެމުން ރިޔާޒްގެ މައްސަލަ ތަހުގީގު ކުރާ ޓީމުގައި ހިމެނޭ އާރިފް އަލީ ބުނީ މާޗް މަހުގެ 27 ވަނަ ދުވަހު ރިޔާޒުގެ މައްޗަށް ތަހުގީގެއް ހިންގާފައިނުވާ ކަމަށެވެ. އަދި ކޯޓް އަމުރުގައި ސީދާ ފޯނުގެ ލޮކް ކޯޑް ދޭން އަމުރުކޮށްފައިނުވާތީ، އެކަން ފާހަގަކޮށް ލޮކް ކޯޑް ހަވާލުކުރުމަށް ރިޔާޒް ދެކޮޅު ހެއްދެވި ކަމަށް އޭނާ ބުންޏެވެ.

އާރިފް އަލީ ތަހުގީގަށް ދިން ބަޔާނުގައި، އަމުރު ތަންފީޒްކުރަން ހުރަސްއަޅައިފިނަމަ އެހެން އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ރިޔާޒު ގާތުގައި ބުނެފައިވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ރިޔާޒުގެ ވަކީލުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ އެފަދައިން ނުބުނާ ކަމަށެވެ. އޭނާ ބުނިގޮތުގައި، އޭނާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނުގައި ވަނީ ރަނގަޅު އިބާރާތެއް ނޫނެވެ.

ކޯޓް އަމުރުގައި ލޮކް ކޯޑް ދޭން އަމުރުކޮށްފައި ނެތްކަން ރިޔާޒް ފާހަގަކުރެއްވުމުން، އިތުރު އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރިތޯ ސުވާލުކުރުމުން އޭނާ ބުނީ ކޯޓް އަމުރަކަށް އެދުނު ކަމެއް ހަނދާނެއް ނެތް ކަމަށެވެ. އަދި އެކި ފުލުހުން ޑިއުޓީކުރާއިރު އެހެން ފުލުހަކު އެދިފައި އޮވެދާނެ ކަމަށާއި ނަމަވެސް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

އޭނާ ބުނީ ސީދާ ލޮކް ކޯޑް ދިނުމަށާއި އަދި އެންމެހާ މައުލޫމާތު ދިނުމަށް އަންގައި، ދެ ގޮތަށް ކޯޓް އަމުރު ނެރެމުންދާ ކަމަށެވެ. ނަމަވެސް އެންމެހާ މައުލޫމާތު ދޭން ނެރޭ އަމުރުތަކުގެ ދަށުން ލޮކް ކޯޑް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މައްސަލަ ތަހުގީގު ކުރާ ޓީމުގައި އިސްކޮށް ހުންނަނީ އަހުމަދު އަޒްމަތް އަބްދުﷲ އެވެ. ނަމަވެސް، ހެކިބަސް ދެމުން އަޒްމަތް ބުނީ، ތަހުގީގު ޓީމުގެ އިސްކޮށް ހުންނަނީ އެހެން ފުލުހެއް ކަމަށެވެ. ނަމަވެސް، އިސްކޮށް ހުންނަ ފުލުހެއްގެ ނަމެއް އަޒްމަތް ނުބުނެ އެވެ. ނަމަވެސް އެ ޓީމުގައި ހަތަރު ފުލުހަކު ހަރަކާތްތެރިވާ ކަމަށް ބުންޏެވެ.

އަޒްމަތް ބުނީ ރިޔާޒުގެ ފޯނު އޭނާއަށް ފެނުނު އިރު އޮތީ، އެވިޑެންސް ބޭގެއްގެ ތެރޭގައި ކަމަށާއި އެއިރު ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. އަދި ލޮކް ކޯޑް ޖެހުމަށާއި ފޯނު ފްލައިޓް މޯޑަށް ލާންޖެހޭ ކަމަށް ރިޔާޒުގެ ގާތުގައި ބުނެފައިވާނެ ކަމަށް ބުންޏެވެ.

އަޒްމަތް ބުނި ގޮތުގައި ލޮކް ކޯޑް ދިނުމަށް ރިޔާޒް ދެކޮޅު ހެދުމުން ދެވަނަ އަމުރެއް ހޯދުމަށް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް، ފަހުން އޭނާ ބުނީ އަމުރާ ގުޅޭ ގޮތުން ކޯޓާއެކު މުއާމަލާތް ކުރެވުނު ކަމަށާއި ނަމަވެސް އަމުރަކަށް އެދި ހުށަހަޅާފައިނުވާނެ ކަމަށެވެ.

ދެވަނަ އަމުރަކަށް އެދުމުން، ކުރިން ނެރުނު އަމުރުގައިވާ އިބާރާތުގެ ދަށުން ލޮކް ކޯޑް ދޭންޖެހޭނެ ކަމަށާއި އިތުރު އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން އަންގާފައިވާ ކަމަށް ވެސް އަޒްމަތް ބުންޏެވެ. އަޒްމަތް ވެސް ބުނީ، ދެ އިބާރާތެއް ހިމެނޭ ދެ ގޮތަކަށް ކޯޓުން އަމުރު ނެރެދެމުންދާ ކަމަށެވެ.

އަޒްމަތް ބުނީ ފުލުހުންގެ ފޮރެންސިކް އިން ފޯނަށް މެޝިނަރީ ގުޅާނެ ކަމަށެވެ. އަދި އެއީ އައިފޯނަކަށްވާއިރު ނިއްވާލާފައި ހުޅުވުމުން، ކޮންމެހެންވެސް ލޮކް ކޯޑް ޖަހަންޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް ފޯނު ނުހުޅުވޭނެ ކަމަށް ފޮރެންސިކް އިން ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރިޔާޒްގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ދިޔަ ދެ ފުލުހުންގެ ތެރެއިން އިސްކޮށް ހުރި، ހުސެއިން ނަސީމް ހެކިބަސް ދެމުން ބުނީ ކޯޓް އަމުރު ދެއްކުމުން ވެސް ފޯނު ހަވާލުކުރުމަށް ރިޔާޒް ދެކޮޅު ހެއްދެވި ކަމަށާއި، ފޯނު ނެގީ ރިޔާޒްގެ ޖީބަށް އަތް ކޮށްޕައިގެން ކަމަށެވެ. އަދި ކޯޓް އަމުރު އަލިކޮށްގެން ރިޔާޒަށް ދެއްކި ކަމަށެވެ.

ހުސެއިން ނަސީމް ބުނީ އެއަށްފަހު ފޯނު ހުރިހާ އިރަކު ވެސް، ބޭއްވީ ރިޔާޒަށް ފެންނަ ގޮތަށް ކަމަށާއި އެއިރުވެސް ފޯނަށް މީހުން ގުޅައި މެސެޖް ކުރަމުންދިޔަ ކަމަށެވެ. އަދި ރިޔާޒާއެކު ގަލޮޅު ވިލީއަށް ގޮސް ފޯނު އެވިޑެންސް ބޭގަކަށް ލާފައިވާނެ ކަމަށާއި ދެން އެތަނުން ދިޔައީ ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ގޮސް ތަހުގީގު ކުރާ ފަރާތާ ފޯނު ހަވާލުކުރި ކަމަށެވެ.

ރިޔާޒު ދިރިއުޅުއްވާ ގެ ކައިރިއަށް އަމުރު ހިފައިގެން ދިޔަ ދެވަނަ ފުލުސް މީހާ، މުހައްމަދު ޝާފިއު ހެކިބަސް ދެމުން ބުނީ ރިޔާޒްގެ ފޯނު ބެލުމުގެ ދަށަށް ގެންދިޔައީ ޖީބަށް ލާފައި ފޯނު ނެގި ވަގުތު ކަމަށެވެ. ރިޔާޒްގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމުގެ އަމުރު ލިބުނު އިރު އިސްކަންދޮރު ކޮށީގައި ހުރި ކަމަށް ހުސެއިން ނަސީމް ބުނި ނަމަވެސް، ޝާފިއު ބުނީ އަމުރު ލިބުނުއިރު އޭނާ ހުރީ މާވެޔޮމަގުގައި ކަމަށެވެ.

ޝާފިއު ބުނީ ރިޔާޒަށް ކޯޓް އަމުރު ދެއްކި ކަމަށާއި ނަމަވެސް އަލިކޮށްދިން ކަމެއް ހަނދާނެއް ނެތް ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓޮޑީ ފުރިކަމެއް ވެސް ނޭނގޭ ކަމަށެވެ. އޭނާ ބުނީ ހުސެއިން ނަސީމަކީ ސީނިއާ ފުލުހެއް ކަމަށާއި އެހެންކަމުން ހުރިހާ މުއާމަލާތެއް ކުރީ އޭނާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފުލުހުންގެ ވެހިކަލަށް ރިޔާޒް އަރައިވަޑައިގަތީ އެގޮތަށް އަމުރުކުރުމުން ކަމަށާއި، އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. އަދި ރިޔާޒް ހައްޔަރުކުރުމުގެ އަމުރެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ ފޯނުގެ ލޮކްކޯޑް ނުދީގެން މިގޮތަށް ހިންގާ ފުރަތަމަ ޝަރީއަތަށް ވާއިރު، ދައުލަތުން ހުށަހެޅި ހަތަރު ހެކިންގެ ހެކިބަސް ނެގުމާއެކު ދެން އޮންނާނީ، ދިފާއުން ހުށަހަޅާފައިވާ ހެކީގެ ހެކިބަސް ނެގުމެވެ. އަދި ޝަރީއަތުގެ ބޭނުމަށް ވެސް ބައެއް ހެކިން ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ. އެ ހެކިބަސްތައް ނެގުން ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ގާޒީންގެ ބެންޗުން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު