Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިގާލީ އިންސާފުގެ ގާނޫނު

ބޭނުންވަނީ ތެދު ހާމަކޮށް، މައާފުކުރުމުގެ ރޫހު އާލާކުރަން - ރައީސް ނަޝީދު

މިއީ މުޅި މުޖުތަމައުގެ ތެރޭގައި ސުލްހަމަސަލަސްކަން ގާއިމްކުރުމުގެ މަތިވެރި ނިޔަތުގައި އެމްޑީޕީން ވީވައުދެއް ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2020 | ހޮނިހިރު 10:18
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޖެންޑް19 މެނިފެސްޓޯ ހިއްޕަވައިގެން

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޖެންޑް19 މެނިފެސްޓޯ ހިއްޕަވައިގެން

އިންތިގާލީ އިންސާފުގެ ބޭނުމަކީ ތެދު ހާމަކޮށް، މައާފުކުރުމުގެ ރޫހު އާލާކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ އިންސާފުގެ ގާނޫނަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ބަޔާންކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ހިތްހަމަނުޖެހުމާއި ބަދަލުހިފުމުގެ ރޫހު ނައްތާލާ، މުޅި މުޖުތަމައުގައި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ މަގުސަދުގައި އެމްޑީޕީން ރައްޔިތުންނަށް ވީވައުދެއް ކަމަށެވެ. އަދި މި ގާނޫނުން އާހިރުގައި ހާސިލްކުރަން ބޭނުންވާ ނަތީޖާއަކީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން ނަޖާވެ އެކަމުން ތަސައްލީއެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތިގާލީ އިންސާފުގެ ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށައެޅުނުއިރު، ބިލު ފަރުމާކުރެވިފައި އޮތީ 2012 ވަނަ އަހަރާ 2018 ވަނަ އަހަަރާ ދޭތެރޭ ހިނގާފައިވާ މައްސަލަތައް ބަލާ ގޮތަށެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލިހުން މި ބިލަށް ހިޔާލު ހޯދަން ހުޅުވާލުމުން ލިބުނު ހުށައެޅުންތަކުގެ މައްޗަށް ބިނާކޮށް، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 ނިޔަލަށް ހިނގާފައިވާ މައްސަލަތައް ބެލޭނެ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.

މި ބަދަލަށް އަލިއަޅުއްވާލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން އެއަށް އިތުރުކުރަން ބޭނުންވެގެން ގެނެވުނު ބަދަލެއްކަމަށެވެ. އަދި މި ބަދަލާ ގުޅިގެން ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސްވަރުން ފެށިގެން ހިނގާފައިވާ ކަންކަމާއި ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމުގެ ބާރު އޮމްބަޑްސްމަންއަށް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އިންތިގާލު އިންސާފުގެ ގާނޫނުގައިވާ ގޮތުން، އިންތިގާލީ އަދާލަތު ގާއިމްކުރުމުގެ ޒިންމާ މަތިކުރެވިފައި ވަނީ އޮމްބަޑްސްމަން އޮފީހާއެވެ. އަދި މި އޮފީހުގައި ތިއްބަވާނެ ތިން އޮމްބަޑްސްމަނުން ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ތިން އޮމްބަޑްސްމަނުންގެ ތެރެއިން އެކަކު، ޗީފް އޮމްބަޑްސްމަންގެ ގޮތުގައި ކަނޑައެޅޭނެއެވެ.

އިންތިގާލީ އަދާލާތު ގާއިމްކުރުމުގައި އޮމްބަޑްސްމަންގެ އޮފީހުން ދެވޭ ހައްލުތަކުގެ ތެރޭގައި ތެދު ހާމަކޮށް މައާފު ކުރުމާއި، ބައެއް ހާލަތްތަކުގައި ބަދަލު ދިނުން ހިމެނެއެވެ. ރައީސް ނަޝީދު ވިދާޅުވީ މި ގާނޫނު ފަރުމާކުރެވިފައި ވަނީ، އޮމްބަޑްސްމަންގެ އޮފީހުން ހައްލުނުވާ މައްސަލަތައް ކޯޓު މެދުވެރިކޮށް ހައްލުކުރަން ހުށައެޅޭ ގޮތަށް ކަމަށެވެ. ހަމައެހެންމެ، އެހެން އެއްވެސް ކޮމިޝަނެއްގެ އިހުތިސާސް ހިނގާ މައްސަލައެއްނަމަ، އެ މައްސަލަތައް އެ ކޮމިޝަންތަކަށް ފޮނުވައިގެން ބެލޭނެ ކަމަށް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮމްބަޑްސްމަންގެ އޮފީހާ މަތިކުރެވިފައިވާ ޒިންމާތަކުގެ ތެރޭގައި، ރާއްޖޭގައި އަނިޔާ ލިބިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުން ހިމެނެއެވެ. އޭގެ އިތުރުން އިންތިގާލީ އިންސާފަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ރާވާ ހިންގަން ޖެހެއެވެ. މި ޕްރޮގްރާމްތަކަކީ ތެދު ހާމަކޮށް، މައާފު ކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ބައެއް ހާދިސާތަކަށް ރިއާޔަތްކޮށް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބޭނުމަކީ އަނިޔާކުރި މީހާ އައިސް މައާފަށް އެދުން ކަމަށެވެ. އަދި އަނިޔާކުރިނަމަ އެކަންކުރި ބަޔަކު އަމިއްލަ އިސްނެގުމުގެ މަތިން މައާފަށް އެދެން ގޮވާލެއްވިއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ އެކި މުއައްސަސާތަކާއި އިދާރާތަކުގައި ތިބި މިފަދަ ތުހުމަތުކުރެވޭ ފަރާތްތަކުން "ވިސްނެވުމަށް" ރައީސް ނަޝީދު އިލްތިމާސްކުރެއްވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން، މައާފަށް ނޭދިއްޖެ ހާލަތެއްގައި ޖިނާއީ ދައުވާއެއް ކުރަން އެކަށީގެންވާ ވަރަށް ހެކި ހުރެއްޖެނަމަ، އެ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށައެޅޭނެއެވެ. ނަމަވެސް، ޖިނާއީ ދައުވާއެއް ކުރުމަށް ހުށައެޅޭނީ، އޮމްބަޑްސްމަންގެ އޮފީހުން އެ މައްސަލައެއް ބެލުމަށްފަހު، ހައްލު ނުލިބޭ ހާލަތެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު