Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައްޔިބުގެ ބަންދަށް 15 ދުވަސް

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

އަނިޔާވެރިކަން ނިންމާލެވޭނީ، އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން: ތައްޔިބު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 23 މާރިޗު 2017 | ބުރާސްފަތި 16:42
ތައްޔިބު ބުނެފައިވަނީ ހައްޔަރު ކުރިއަސް ހިތްވަރަށް ބަދަލެއް ނާންނަކަމަށް

ތައްޔިބު ބުނެފައިވަނީ ހައްޔަރު ކުރިއަސް ހިތްވަރަށް ބަދަލެއް ނާންނަކަމަށް

އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަަރުކުރި ސޯޝިލަމް މީޑީއާ އެކްޓިވިސްޓް ތައްޔިބް ޝަހީމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ޖައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމށާތު ދެއްވަމުން ތައްޔިބްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ތޮއްޔިބްގެ މައްޗަށްކޮށްފައިވާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އެޗްވަންއެންވަންއާ އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރަމުންދާ ކަމުގެ ތުހުމަތެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ތައްޔިބްގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތައްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ތައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

ތައްޔިބު ބަންދު ކުރި ފަހުންވެސް ތައްޔިބުގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓް ބަރާބަރަށް މަސައްކަތް ކުރާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ، ތައްޔިބުގެ ބަންދަށް 15 ދުވަސްޖެހީ، އޭނާ ކުރަމުންގެންދާ ކަންތައްތަކަކީ، ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ކަމަށެވެ. އަދި ތޮއްޔިބަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްތޯ ގާޒީ ސުވާކު ކުރެއްވި ކަމަށް ވެސް މަހެފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވިދާޅުވީ ތޮއްޔިބް ކޮށްފައި ހުރި ޓްވީޓްތަކަކީ ހަމަޖެހޭ މީހަކު ކުރާނެ ކަހަލަ ޓްވީޓްތަކެއް ނޫން ކަމަށް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވި ކަމަށެވެ.

ތޮއްޔިބަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.

ޖަލުގައި ހުރެގެން މިދިޔަ އަންގާރަދުވަހު ތައްޔިބު ފޮނުވާފައި މެސެޖެއްގައި ބުނެފައިވަނީ އަނިޔާވެރިކަން ނިންމާލެވޭނީ، އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން ކަމަށެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއްކަމަށްވެސް ތައްޔިބުގެ މެސެޖްގައި ބުނެފައިވެއެވެ. އޭނާ ބުނީ ހައްޔަރުކޮށްފައި ހުއްޓަސް އޭނާގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޠައްޔިބު ގެންގޮސްފައިވާއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އޭނާގެ ނަމުގައި ހިންގާ ޓްވިޓަރ އެކަނުންޓަކުން ގެންދިޔައީ ސަރުކާރުން ފ. އަތޮޅާއި ގުޅޭގޮތުން ސައުދީ ޝާހީ އާއިލާ އާއި އެކު ހަދާފައިވާ ޑިލާ ގުޅޭ ގޮތުން ވަރަށް ގިނަ ޓްވީޓްތައް ކުރަމުންނެވެ. އަދި މި ޑީލްއާ ބެހޭ ގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ހަކަތަކުގެ ލީކްވެފައިވާ އޯޑިއޯއާ ބެހޭ ގޮތުން ވެސް އެ އެކައުންޓުން ވަނީ ގިނަ ޓްވީޓްތަކެއް ކޮށްފައެވެ.

މީގެ ކުރިން މި މަހުގެ ކުރީކޮޅު ވެސް ތޮއްޔިބް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލާފައި ވެއެވެ. ތޮއްޔިބްގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫޖަސް ޖަލީލް)ގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަތުލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު