Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނާއި ބައްދަލުކުރުން

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ޕީސީއާރު ޓެސްޓާއި ގުޅުވައި ބަހަނާ ދެއްކުމުގައި؟!

ރައީސް ޔާމީނާއި ބައްދަލުކުރުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެތައް ހުރަސްތަކެއް އަޅާ: ޑރ. ޖަމީލް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 15 ޑިސެމްބަރު 2020 | އަންގާރަ 09:41
އަންގާރަ ދުވަހު ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އަންގާރަ ދުވަހު ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން އެމަނިކުފާނާއި ބައްދަލުކުރުމަށް ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ހެދުމާއި ދެކޮޅަށް ވާހަކަދައްކަވާ އެކަމާ ގުޅޭގޮތުން އެތައް ބަހަނާ ތަކެއް ދައްކަވައިފިއެވެ.

އަންގާރަ ދުވަހު ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އަދި އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސް ކަންވެސް ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި ސަރުކާރުން ގެންދަނީ އެ ބޭފުޅުންގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ޖަމީލް ވަނީ އެމަނިކުފާނާއި ބައްދަލުކުރުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެތައް ހުރަސްތަކެއް ގަސްތުގައި ކުރިމަތި ކުރުވާކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވުމުން ކަރެކްޝަންސް އިން ޝަރުތުކުރީ 48 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ސަރުކާރުގެ ވެރިން ރަށްރަށަށް ދަތުރުކުރައްވާއިރު ޕީސީއާރު ޓެސްޓު ހައްދަވަން ނުޖެހެނީތޯ ސުވާލު އުފައްދަވާ ކަރެކްޝަނުން އެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް ވިދާޅުވެ، ޓެސްޓު ހެއްދުމަށް ބަހަނާ ދައްކަވާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާއުސޫލުގައި ވަނީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ރިޕޯޓެއް އޮންނަން ޖެހޭ ގޮތަށެވެ. މިގޮތަށް ދަތުރު ކުރުމުގެ ހުއްދައަށް އެދޭއިރު ފުރިހަމަވާން ޖެހޭ ކަންކަމުގެ ތެރޭގައި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ރިޕޯޓެއް އޮންނަން ޖެހޭއިރު، ޕީސީއާރް ޓެސްޓަށް ޚަރަދު ކުރާނީ އެމީހަކު ނުވަތަ ދަތުރުގައި ބައިވެރިވާ މީހުންނަށް ޒިންމާވާ ކުންފުނި ނުވަތަ އޮފީހުން ކަމަށް އެ އުސޫލުގައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވަނީ ޕީސީއާރު ޓެސްޓު ހެދުމަށް ލާޒިމް ކުރާ ގައިޑްލައިން އެކުލަވާލި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެޗްޕީއޭއިން ޓެސްޓުގެ ނަތީޖާ އޮޅުވާލާ، ރައީސް ޔާމީންގެ ވަކީލުންގެ ޓީމު، ކަރަންޓީނު ކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީނުގެ ލޯޔަރުންގެ ޓީމުން މިހެން ވިދާޅުވެފައިވާއިރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެފައިވަނީ ޕީސީއާރް ޓެސްޓް ހަދައިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައީސް ޔާމީނާއި ބައްދަލުކުރައްވަން އަންނަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދެކޮޅުހައްދަވާތީ ރައީސް ޔާމީން މާލެ ޖަލަށް ގެނެސްދީގެން ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ކަރެކްޝަންސް އިން ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން އެންމެފަހުން ބައްދަލުވުމަކަށް އެދުމުން އެޗްޕީއޭގެ ގައިޑްލައިނަށް ބަދަލު އައިސްފައިވާ ވާހަކަ ވަކީލުންނާއި ހިއްސާކުރެއްވިކަމަށާއި ވަކީލުންގެ ބައްދަލުވުމަށް އެދުމުން ޕީސީއާރް ޓެސްޓު ނެގުމުގެ އިތުރުން އެޗްޕީއޭގެ ހުއްދައަށް އެދި އެޗްޕީއޭއަށް ހުށައަޅަނީ ކަރެކްޝަނުން ކަމަށް ސީޕީ ވިދާޅުވިއެވެ. ހުދު ހޯމް މިނިސްޓަރ ވެސް ޖަލުތަކަށް ޒިޔާރަތްކުރުމުގެ ކުރިން އެޗްޕީއޭގެ ހުއްދަ ހޯދުމަށް ޕީސީއާރް ޓެސްޓް ހަދައި ޕްރޮސީޖަރ ފުރިހަމަކުރަން ޖެހޭ އިރު މިކަންތައްތައް ރައީސް ޔާމިންގެ ވަކީލުންނަށް ސާފުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު