Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ކޮވިޑް ވެކްސިން ލިބުން

ކޮވެކްސްގެ ތެރެއިން ރާއްޖެއަށް ފުރަތަމަ ވެކްސިން ޖެހޭނީ ދެ ލައްކަ މީހުންނަށް

ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ގަބޫލުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2020 | ހޯމަ 16:49
މީހެއްގެ ސާމްޕަލް ނަގަނީ

މީހެއްގެ ސާމްޕަލް ނަގަނީ

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ ދެ ލައްކަ މީހުންނަށްކަމަށް "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ރާއްޖެއެމްވީ" އަށް އިތުބާރުކުރެވޭ މަސްދަރަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިނެއްގެ ހަތަރު ލައްކަ ޑޯޒް ލިބޭނެއެވެ. ވެކްސިން ރާއްޖެ ގެނައުމުގައި ލަސްތަކެއް ވަނީ ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ތަންތަނާ މެދު އަދި ގޮތެއް ނުނިންމޭތީ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް ސަރުކާރުން ފަންޑުކޮށްގެން އިތުރު ވެކްސިން ހޯދުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ބައިނަލްއަޤުވާމީ ފްރޭމްވާކުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލުމާއި، ވެކްސިން ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ހެދުމާއި، އިދާރީ މަސައްކަތްތައް ވެސް މި ވަގުތު ހަލުވި މިނެއްގައި ކުރިއަށްދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުން ފަދަ ކަންކަން މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި ހުރުންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ލިބެނީ ބައިބަޔަށް ބަހައިގެން ކަމަށްވާއިރު، ރާއްޖޭގައިވެސް ވެކްސިން ޖަހާނެ ތަރުތީބެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ޑރ. ނަޒްލާ މުސްތަފާ ވެސް ވާހަކަ ދައްކާފާއިވާއިރު، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ސިއްހީ ޚިދުމަތްތެރިންނާއި، ހައި ރިސްކް މީހުންގެ އިތުރުން، އިޖުތިމާއީ އަދި އިޤްތިސާދީ ދަތިތައް ކުޑަ ކުރުމަށް ވެސް އިސްކަން ދީފައިވާނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރައްކާތެރި އަދި ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާ 4 ވެކްސިނެއް ފާހަގަ ކުރެވިފައިވާކަން އެޗްއީއޯސީން މީގެ ކުރިންވެސް ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ގައުމުތަކުގައި މިހާރު ޖަހަމުން ދަނީ ފައިޒަރގެ ވެކްސިނެވެ. އެހެންނަމަވެސް އެ ވެކްސިނަކީ -10 ޑިގްރީ ސެލްސިއަސް އާއި -70 ޑިގްރީ ސެލްސިއަސްއާ ދެމެދު ރައްކާކޮށްފައި ބެހެއްޓޭ ވެކްސިނެކެވެ. އެހެންކަމުން ގައުމުތަކުން އަންނަނީ އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓެމަށް ވަކި ތަންތަން ހަދަމުންނެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު