Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

ބައިޑަންއަށް އިންތިޚާބު ކާމިޔާބުވިކަން ކަށަވަރުކުރާ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުލުން ފަށައިފި

މިވޯޓުތައް ގުނާނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2020 | ހޯމަ 21:46
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން އަށް ކާމިޔާބުވިކަން ކަށަވަރުކުރުމަށްޓަކައި އޮންނަ އެންމެ ފަހު މަރުހަލާކަމުގައިވާ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުލުން ފަށައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން އޮންނަ ގޮތުންނަމަ ރައީސް ކަމަށް މީހަކު އައްޔަނުކުރެވިގެންދާނީ އިލެކްޓޯރަލް ކޮލެޖް ނުވަތަ ސްޓޭޓްތަކުގައި މެދުގައި އޮންނަ ސިސްޓަމްގެ ތެރެއިންނެވެ. މި ސިސްޓަމްގެ ތެރެއިން ޓެކްނިކަލް ގޮތުން ބަލާނަމަ އެކަން ނިމިގެންދާނީ އިލެކްޓޯރަލް ކޮލެޖުން ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު ވޯޓުލުމުންނެވެ.

އެމެރިކާގެ 50 ސްޓޭޓްގެ އިލެކްޓޯރަލް ކޮލެޖްގެ އިލެކްޓަރސް އިން ވޯޓުލަމުންދާއިރު މިފަހަރު މި ވޯޓަށް ކުރީ އަހަރުތަކަށްވުރެ ބޮޑަށް ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ. އެއީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ގަބޫލުކުރެއްވުމަށް ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ. އަދި ތަކުރާރުކޮށް ސްޓޭޓްތަކުގެ އިލެކްޓަރސް އިން ބަދަލުކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވާފައިވާތީއެވެ.

އެހެންނަމަވެސް މިފަހަރުގެ އިލެކްޓޯރަލް ކޮލެޖްގައި "ފެއިތްލެސް އިލެކްޓަރސް" އަށް އިންތިޚާބުގެ ނަތީޖާ އެހެންގޮތަކަށް ބަދަލުކޮށްލެވުމަކީ ވަރަށް ނާދިރުކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ބައިޑަން އަށް އިލެކްޓޯރަލް ވޯޓުގެ 538 ވޯޓުގެ ތެރެއިން 306 ވޯޓު ލިބިވަޑައިގަނެފައިވާތީއެވެ. މީގެއިތުރުން ދާދިފަހުން ސްޓޭޓްތަކުގެ ޕޮޕިޔުލަރ ވޯޓު ލިބޭ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް އިލެކްޓޯރަލް ކޮލެޖްގައި ތިބޭ މެމްބަރުން ވޯޓުދޭނަމަ އެމީހުންނަށް އަދަބު ދެވޭނެކަމަށް ސުޕްރީމްކޯޓުން ނެރުނު އަމުރާއެކުވެސް މިފަހަރު "ފެއިތްލެސް އިލެކްޓަރސް" ތިބުމަކީ ނާދިރުކަމެއްކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ރައްޔިތުންގެ ގިނަ ވޯޓު ލިބިފައިވާ ކެންޑިޑޭޓަށް އިލެކްޓަރސް އިން ވޯޓުދޭން މަޖުބޫރުވާގޮތަށް ޤާނޫނު ވަނީ ބައްޓަންކޮށްފައެވެ. އަދި އެގޮތާއި ޚިލާފުވާ އިލެކްޓަރސް ނުވަތަ "ފެއިތްލެސް އިލެކްޓަރސް" އަށް އެކަމުގެ ސަބަބުން ޖޫރިމަނާ ދައްކަންޖެހެއެވެ.

އިލެކްޓަރސް އިން ވޯޓުލާނީ ލިޔުމުންނެވެ. އެއަށްފަހު މިވޯޓުތައް ދާނީ ވޮޝިންގޓަނަށެވެ. މިވޯޓުތައް ގުނާނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އިންތިޚާބުވާ ރައީސަކު ހުވާކުރުން އޮންނާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން އިލެކްޓޯރަލް ކޮލެޖްގެ ވޯޓަށްފަހު އިންތިޚާބީ ރައީސް ޖޯ ބައިޑަން ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވާނެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު