Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

ޓެކްސަސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ޓްރަމްޕަށް ގޮތް ހުސްވެއްޖެ

12 ޑިސެމްބަރު 2020 | ހޮނިހިރު 00:32

މިއީ ބައިޑަން ކާމިޔާބުކުރައްވާފައިވާ މައި ހަތަރު ސްޓޭޓެއްގެ އެތައް މިލިއަން ވޯޓެއް ބާތިލްކަމަށް ކަނޑައެޅުމަށް ހުށަހެޅި ހުށަހެޅުމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2020 | ހޮނިހިރު 00:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ މައި ހަތަރު ސްޓޭޓެއްގެ ނަތީޖާ ބާތިލްކަމަށް ކަނޑައެޅުމަށް ޓެކްސަސް އިން އެމެރިކާގެ ސުޕްރީމްކޯޓުގައި އެދުނު އެދުން ބަލައިނުގަތުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންތިޚާބުގެ ނަތީޖާ އެމަނިކުފާނުގެ ކޮޅަށް އަނބުރާލުމަށް އޮތް ހުރިހާ މަގެއް ބަންދުވެއްޖެއެވެ.

ޓެކްސަސްގެ އެޓަރނީ ޖެނެރަލް ހުށަހެޅި މިހުށަހެޅުމަކީ އިންތިޚާބުގެ ނަތީޖާ ނެރުމުގައި މުހިންމު ދައުރެއް އަދާކުރި ޕެންސިލްވީނިއާ، މިޗިގަން، ޖޯރޖިއާ އަދި ވިސްކޮންސިންގެ އެތައް މިލިއަން ވޯޓެއް ބާތިލްކަމަށް ކަނޑައެޅުމެވެ. މި ހަތަރު ސްޓޭޓުވެސް ކާމިޔާބުކުރައްވާފައިވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އެވެ.

Advertisement - worldAdvertisement

ޓެކްސަސް އިން ސުޕްރީމްކޯޓަށް ހުށަހެޅި ހުށަހެޅުމަށް 19 ސްޓޭޓެއްގެ އެޓަރނީ ޖެނެރަލުންނާއި ކޮންގްރެސްގައި ހިމެނޭ 127 ރިޕަބްލިކަން މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.

މިހުށަހެޅުމަށް ތާއީދުހޯދާ މިކަމަށް މީހުން ހޭލުންތެރިކުރުމަށް ޓްރަމްޕްގެ ޤާނޫނީ ވަކީލުން ވަނީ އެކި ހިސާބުތަކަށް ދަތުކުރުކޮށްފައެވެ. އަދި އެތައް ހަފްތާތަކެއްވަންދެން ވަނީ މިހުށަހެޅުމުގައި ހުރިކަންކަން އެއީ ތެދުކަން ދެއްކުމަށް މަސައްކަތްކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކޮޅަށް ބުރަވި ހިސާބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް އުޅޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް ޓްރަމްޕްގެ މިތުހުމަތުތައް ސާބިތުކުރެވޭވަރުގެ ހެއްކެއް ޓްރަމްޕަށް ދެއްކެވިފައެއްނުވެއެވެ. އަދި އެކަން ކޯޓެއްގައިވެސް ސާބިތު ކުރެވިފައެއްނުވެއެވެ.

ޓްރަމްޕް ވަނީ އެކި ގޮތްގޮތުން އިންތިޚާބުގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އަނބުރާލެއްވުމަށް މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ކޯޓުތަކުގައި މައްސަލަތައް ލުމުގެ އިތުރުން އިންތިޚާބުގެ ނަތީޖާ އާ މެދު ފަހު ބަސް ބުނާ ސްޓޭޓްތަކުގެ އިލެކްޓޯރަލް އިން ބަދަލުކުރުމަށްވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

މިއީ އެމެރިކާގެ ތާރީޚުގައިވެސް މިހާތަނަށް އިންތިޚާބަކަށްފަހު ބަލިވި ކެންޑިޑޭޓެއްގެ ފުށުން ފެނިފައިނުވާ ކަންތައްތަކެއް ކަމަށް ވުމާއެކު މިކަމާއި ގުޅިގެންވެސް ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް